ދިވެހިރާއްޖެ
އިޢުލާން
ވަރކް ޕަރމިޓާ ގުޅޭ
ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން، ދަތުރުފަތުރު ކުރުމުގައި ކުރިމަތިވާ ދަތިތަކާ ގުޅިގެން، ދިވެހިރާއްޖޭގެ ވަޒީފާ އަދާކުރުމަށް ގެނެވޭ ބިދޭސީންނަށް، ރާއްޖެ އެތެރެވުމަށް ދޫކުރާ ހުއްދަ (ވަރކް ޕަރމިޓް އެންޓްރީ ޕާސް އަދި ކުރިން އަމަލުކުރަމުން ދިޔަ ގަވާއިދުގެ ދަށުން ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލް) ގެ ދަށުން ރާއްޖެ އެތެރެވުމަށް ދެވޭ 90 ދުވަހުގެ ތެރޭގައި ރާއްޖެ އެތެރުވުމުގައި ކުރިމަތިވާ ދަތިތަކާ ގުޅިގެން 23 މެއި 2021 ވަނަ ދުވަހުން ފެށިގެން މި މިނިސްޓްރީން "ސްޕެޝަލް އެކްސްޓެންޝަން" ގެ ޚިދުމަތް، ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވަރކް ޕަރމިޓް އެންޓްރީ ޕާސް ދޫކުރާތާ 90 ދުވަހު ތެރޭ ރާއްޖެ ނާދެވޭ ފަރާތްތަކުން ވަރކް ޕަރމިޓް އެންޓްރީ ޕާސް އެކްސްޓެންޝަނަށް އެދި [email protected] އަށް ބިދޭސީ މީހާ ރާއްޖެ އައުމަށް ހަމަޖެހިފައިވާ ތާރީޙުގެ 48 ގަޑިއިރު ކުރިން މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.