ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލޑިވްސް ގެ ޖިމް އިމާރާތުގެ އިންޓީރިޔާ ހެދުމާއި އިކްއިޕްމަންޓްސް ހޯދުމާއިގުޅޭ

އިޢުލާން

      މި އެސޯސިއޭޝަންއަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެސްއިން ލިބިފައިވާ ޖިމް ގެ ޖާގައިގެ އިންޓީރިއާ ހެދުމާއި އަދި ޖިމް އަށް ބޭނުންވާ އިކްއިޕްމަންޓް ހޯދުމަށް ވަނީ ބޭނުންވެފައެވެ. މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ބާއްވަން ހަމަޖެހިފައިވާ "މަޢުލޫމާތު" ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު 21 މެއި 2021 ދުވަހުން ފެށިގެން 25 މެއި 2021 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައިއެވެ.

      ވީމާ، މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ތިރީގައިވާ މައުލޫމާތު 25 މެއި 2021 ދުވަހުގެ 14:00ގެ ކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށަހެޅުން އެދެމެވެ. ލިޔުން ފޮނުވާނީ [email protected] މި އީމެއިލް އަށެވެ.

  • މަޢުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތުގެ ނަމާއި އެޑްރެސް
  • އީމެއިލް އެޑްރެސް
  • ފޯން ނަންބަރު

ނޯޓް: މަޢުލޫމާތު ސެޝަނަށް ޙާޒިރު ނުވާ އެއްވެސް ފަރާތަކަށް، ބިޑުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ގުޅުއްވާނީ: 7775937 ނަންބަރު ފޯނާއެވެ.

21 މޭ 2021
ހޯދާ