މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މާލެ ޞަރަހައްދުގައި ހިންގާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ކޮވިޑް19 އަށް ފައްސިވެފައިވާ ބަލި މީހުންނަށް އޮންލައިން ކޮންސަލްޓޭޝަން ދިނުމާގުޅޭ

އިޢުލާން

     ދިވެހިރާއްޖޭގައި ގިނަ އަދަދެއްގެ މީހުން ކޮވިޑް19 އަށް ފައްސިވަމުންދާތީ، މިފަރާތްތަކަށް ބޭނުންވާ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް އާސަންދަ ޚިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓްރީވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތައް މެދުވެރިކޮށް ދިނުމަށްވަނީ ނިންމިފައެވެ. ޑޮކްޓަރުންނަށް ދެއްކުމަށް ހަމަޖެހިފައިވަނީ އާސަންދައިން ކަނޑައަޅާ އަގެއްގައި ހެލްތު ޕްރޮޓެކްޝަނުން ކަނޑައަޅާ ބަލި މީހުންނަށެވެ. ވީމާ، މިޚިދުމަތްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި [email protected] އީމެއިލަށް 23 މެއި 2021 ވާ އާދިއްތަދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޮނުވުން އެދެމެވެ.

20 މޭ 2021
ހޯދާ