ރ.ވާދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރ. ވާދޫ ޞިއްޙީ މަރުކަޒުން ލެބޯޓަރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ރ. އަލިފުށީ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރުކޮށްދޭނެ ފަރާތެއްހޯދުމަށް

އިޢުލާން

ރ.ވާދޫ ޞިއްޙީ މަރުކަޒުން ލެބޯޓަރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ރ. އަލިފުށީ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރުކޮށްދޭނެ ފަރާތެއްހޯދުމަށް

 

ރ. ވާދޫ ޞިއްޙީ މަރުކަޒުން ލެބޯޓަރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ރ. އަލިފުށީ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯއްދަން ބޭނުންވެއްޖެއެވެ.

                  ވީމާ، މިދެންނެވި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޙްތަކުގައި ރ. ވާދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަން ނޯޓް ކުރެއްވުން

23 މޭ 2021 ވާ އާދީއްތަ ދުވަހުންފެށިގެން 26 މޭ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން 13:00 އާއި ދޭތެރޭ ރަސްމީ ދުވަސްތަކުގައި

މަޢުލޫމާތު ދިނުން

27 މޭ 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00

އަންދާސީ ހިސާބު ހުށައެޅުން

07 ޖޫން 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00

 

               މިޢިއުލާނާ ގުޅޭ މަޢުލޫމާތު އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580399 އަށް ގުޅުއްވުން އެދެމެވެ.

08 ޝައްވާލް 1442

20 މޭ 2021

20 މޭ 2021
ހޯދާ