ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އީ-ގަވަރމަންޓް އެޕްލިކޭޝަން ޑިވޮލޮޕް ކުރާނެ ފަރާތެއް ހޯދުމަށް

   ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުމަށް އީ-ގަވަރމަންޓް އެޕްލިކޭޝަން ޑިވޮލޮޕް ކުރާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ   އިޢުލާން ނަންބަރ , (IUL) 164-PRO/1/2021/19  ތާރީޙް (06 މެއި 2021) އިއުލާނަށް ހުށައެޅުއްވި ޕްރޮޕޯޒަލްތަކުގައި  ޓީއޯއާރގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ވެފައި ނުވާތީ، އަލުން އިއުލާން ކުރަން ނިންމައި، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

   ބީލަމުގެ ނަން: އީ-ގަވަރންމަންޓް އެޕްލިކޭޝަނެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުން

  

      އަންދާސީ ހިސާބު ހުށަހެޅުން: 31 މެއި 2021 ގައި 12:00 ގައި

 

      މި ބީލަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިއުލާނުގައި ބަޔާންކޮށްފައިވާ ގަޑިއަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކޮނޯލޮޖީގެ ޢިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) ހާޟިރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ހުރިހާ ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން އަންދާސީ ހިސާބު ހުށަހެޅުމަށް، ކޮންމެ ފަރާތަކުންވެސް ބައިވެރިވެ ވަޑައިގަންނަވަން ވާނީ އެންމެ ބޭފުޅެކެވެ.އަންދާސީ ހިސާބު ހުށަހެޅުމަށް، ވަޑައިގަންނަވާ ފަރާތްތަކުން އިޖްތިމާއީ ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ވަޑައިގަންނަވާ ބޭފުޅުންގެ މައުލޫމާތު ( ބިޑް ހުށަހަޅުއްވާ ކޮމްޕެނީގެ ނަން، ބައިވެރިވާ ބޭފުޅެއްގެ ނަން، ގުޅޭނެ ފޯން ނަމްބަރު އަދި އައިޑީ ކާޑް ނަންބަރު) 30 މެއި 2021  ވާ އާދީއްތަ ދުވަހުގެ 23:59ގެ ކުރިން [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.

  • އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.
20 މޭ 2021
ހޯދާ