މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް 19 އާގުޅިގެން ޢާންމުންސަމާލުކަންދޭންވީ ކަންކަން

a                             

                               &     

ކޮވިޑްޓާސްކް ފޯސް

މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ

ބ.ގޮއިދޫ / ދިވެހިރާއްޖެ.

 

(IUL)325-A/325/2021/15  

 

އިޢްލާން

މި ދުވަސްވަރު ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ކޮވިޑް19 ވަރަށް ހަލުވިކަމާއެކު ފެތިރެމުންދާތީ މިކަމުގެ ނުރައްކައު ތިޔަ ލޮބުވެތި ރައްޔިތުންނާ ހަމައަށް ފޯރިޔަ ނުދިނުމަށްޓަކައި ރައްކައުތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް މިކަމާގުޅޭގޮތުން އެޗް ޕީ އޭ އިން ކަނޑައަޅާ އުޞޫލުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އިލްތިމާސްކުރަމެވެ. މިގޮތުން ގެއިންބޭރުގައި އުޅުއްވާއިރު ނޭފަތާއި އަނގަ ނިވާވާނޭހެން މާސްކް އެޅުއްވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.

މިހާރަކަށްއައިސް ހޯމްކަރަންޓީނަށް އަންނަ ފަރާތްތައް ކޮވިޑަށް ޕޮޒިޓިވް ވާ މިންވަރު އިތުރުވެފައިވާތީ މިކަމުގެ ނުރައްކާ ވަކިން ބޮޑުކަމުގައި ދަންނަވަމެވެ. އެހެންކަމުން ކަރަންޓީނު ކުރެވޭ ތަންތަނަކީ މިހާރަށްވުރެ ރައްކައުތެރިކަން ބޮޑު ތަންތަން ކަމުގައި ހެދުމަށް މިދަންނަވާކަންކަން ޓާސްކްފޯހުން ކަށަވަރުކުރާނެ ކަމުގައި ދަންނަވަމެވެ.

  • ކަރަންޓީނު ކުރެވޭތަނަކީ އެހެންމީހުންނާއި ވަކިން ވަދެނުކުމެ ހެދޭގޮތަށް ހުރި ތަނަކަށްވުން.
  • ގޭތެރޭގައި މީހުން އުޅޭއިރު އެތަނެއްގެ ކުރިމަތިން ހުރަސްކުރަން ނުޖެހޭގޮތަށް ހުރި ތަނަކަށްވުން.
  • އެހެންމީހުން ދިރިއުޅޭ ގެއެއްކަމުގައިވާނަމަ އެހެންމީހުންނާ ވަކިކުރުމަށް 8 ފޫޓަށްވުރެ ތިރިނުވާނޭހެން ފިލާޖަހާފައިވުން.

ވީމާ ހޯމް ކަރަންޓީން ކުރެވޭ ތަންތަނަށް ހުއްދަ ދިނުމުގައި މިއަދުންފެށިގެން މިދެންނެވި މިންގަނޑަށް އަމަލުކުރެވޭނެކަން ޢާންމުކޮށް އަންގާ އިޢްލާން ކުރީމެވެ.

8 ޝައްވާލް 1442

20 މެއި 2021

 

                                                    ޚާދިމްކުމް

 

                                                 މުޙައްމަދު ސިޔާން

                                               (ކައުންސިލްގެ ރައީސް)

 

 

20 މޭ 2021
ހޯދާ