ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިނޭންސް މިނިސްޓްރީގެ ނަންބަރު 13-B3/CIR/2020/34 (28 ޖޫން 2020) ސަރކިއުލަރއާ ގުޅޭ

     ކޮވިޑް-19 އާއި ގުޅިގެން ޖޫން 2020 އިން ޑިސެމްބަރ 2020 އާ ދެމެދު ސަރުކާރަށް ދައްކަންޖެހޭ ބިމު ކުލި ވަނީ 1 ޖޫން 2021 އިން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް ބަހާލައިގެން ދައްކާ ގޮތަށް ފަސްކޮށްދީފައެވެ. މިގޮތުން ފަސް ކޮށްދީފައިވާ ކުލި ދައްކަނީ ތިންމަހުން އެއްމަހު ނަމަ، ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން 4 ކުއާޓަރަށް (ޖޫން 2021، ސެޕްޓެމްބަރ 2021، ޑިސެމްބަރ 2021، މާރިޗް 2022) ބަހާލައިގެންނެވެ. އަދި ކުލި ދައްކަނީ މަހުން މަހުންނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން 12 މަސް ދުވަހަށް ބަހަލައިގެންނެވެ. ވީމާ، ފިނޭންސް މިނިސްޓްރީގެ ނަންބަރު 13-B3/CIR/2020/34 (28 ޖޫން 2020) ސަރކިއުލަރއާ އެއްގޮތަށް ކުލި ދެއްކުން ފަސްކުރި ފަރާތްތަކުން، ފަސްކުރެވުނު ކުލި ދެއްކުމުގައި  ހިޔާރު ކުރައްވާ ގޮތެއް 30 މެއި 2021 ގެ ކުރިން މި ކައުންސިލަށް އަންގަވައިދެއްވުން އެދެމެވެ.

    ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 މޭ 2021
ހޯދާ