މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ އޮފީސް ޢިމާރާތް އެހެން ބިލްޑިންގ އަކަށް ބަދަލުވުމާ ގުޅޭ

 އިޢުލާން

 

މި މިނިސްޓްރީގެ އޮފީސް ޢިމާރާތް އެހެން ބިލްޑިންގ އަކަށް ބަދަލުވުމާ ގުޅޭ

                                              

ގ.ބިއްލޫރިޖެހިގޭގައި ހިނގަމުން އަންނަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް 24 މެއި 2021  ވަނަ ވާ ހޯމަ  ދުވަހުންފެށިގެން ހިނގަމުންދާނީ ސީޓްރެކް ބިލްޑިންގ ގެ 7 ވަނަ ފަންގިފިލާގައި ކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

                         

20 މެއި 2021 ވަނަ ދުވަހުން ފެށިގެން 24 މެއި 2021 ވަނަ ދުވަހާ ހަމައަށް އޮފީސް ބަދަލުވުމުގެ މަރުޙަލާ ހިނގަމުންދާއިރު ކުރިން މިދެންނެވި މުއްދަތުގައި މިނިސްޓްރީއަށް ފޯނުގެ ޒަރީޢާއިންނާއި އީ- މެއިލްގެ ޒަރީޢާއިން މުޢާމަލާތު ކުރުމުގައި ދަތިތަކެއް ކުރިމަތިވުން އެކަށީގެންވާތީ މި މިނިސްޓްރީގެ ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މަޢާފަށްއެދެމެވެ.

 

ވުމާއެކު 20 މެއި 2021 އިން ފެށިގެން 21 މެއި 2021 ގެ ނިޔަލަށް ޗައިލްޑް ހެލްޕްލައިން 1412، މިނިސްޓްރީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގެ ކަމެއްގައި ގުޅުއްވަން ބޭނުންފުޅުވާނަމަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ނަމަވެސް 22 މެއި 2021 ވަނަ ދުވަހުންފެށިގެން މިނިސްޓްރީގެ ފޯނުތަކުގެ ޚިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެއެވެ. އަދި 24 މެއި 2021 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް ލިބިގެންދާނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމަމެވެ.

 

07 ޝަޢުބާން 1442

                                             19   މެއި  2021

20 މޭ 2021
ހޯދާ