ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ގދ.ގައްދޫ ސިއްހީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

                                                        ނަންބަރ: Q4-SM-IUL-2021-03

 

އިޢުލާން

ގދ.ގައްދޫ ސިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

           ގދ.ގައްދޫ ކައުންސިލްގެ އިދާރާއިން ގދ.ގައްދޫ ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ އިއުލާން ނަންބަރ: Q4-SM-IUL-2021-02 (26 އޭޕްރީލް 2021)ގެ މުއްދަތު 04 މެއި 2021ގައި ހަމަވިއިރު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން އިޢުލާން ކުރީމެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ގދ.ގައްދޫ ސިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ތާރީޙް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (23 މެއި 2021) އާދީއްތަ

11:00ގައި

ގދ.ގައްދޫ ސިއްޙީމަރުކަޒު

އަންދާސީ ހިސާބު ހުށަހެޅުން (25 މެއި 2021) އަންގާރަ

11:00ގައި

ގދ.ގައްދޫ ސިއްޙީމަރުކަޒު

 

            މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން  އެދެމެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން އިނގޭނެ ލިޔުމަކާއިއެކު ބަދަލުގައި ފޮނުއްވާ މީހާގެ އައިޑީކާޑު ކޮޕީ ހުށައަޅަންވާނެއެވެ. މިފަދަލިއުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 ވީމާ، މިކަމަށް އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

07 ޝައްވާލް 1442

19 މޭ 2021
ހޯދާ