މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހޮވައިގެން ގެނެވިފައިވާ ފައިސާއާއި ގުޅޭ

މިލަދުންމަޑުލު ދެކުނުބުރީ މާފަރު މެޖިސްޓްރޭޓް ކޯޓް

             މާފަރު

            ދިވެހިރާއްޖެ

އިޢުލާން

 

މަގުމަތިން ހޮވައިގެން ގެނެވިފައިވާ ފައިސާއަކާއި ބެހޭ:

 

      މަގުމަތިން ހޮވައިގެން ގެނެސްފައިވާ ވެރިފަރާތެއް ނޭންގޭ ފައިސާއެއް މިކޯޓްގެ ބެލުމުގެ ދަށުގައި އެބަހުއްޓެވެ. މިފައިސާ ހޮވާފައިވަނީ ނ.މާފަރު އާރޯސްޓޯރ1 ފިހާރަ ހުންނަ މަގުންނެވެ. ޢާއްމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ މިފައިސާގެ ވެރިފަރާތެއްވާނަމަ 2021 މެއި 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން ގެއްލިފައިވާ ފައިސާގެ ސިފަތައް (ނޫޓުގެ އަދަދާއި، ފައިސާގެ ޖުމުލަ) އެނގޭގޮތަށް މިކޯޓަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ.

އަދި، މިމުއްދަތުގެ ތެރޭގައި މިފައިސާ ހޯދުމަށް އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ މިފައިސާއާމެދު ޤަވާއިދުގައިވާ ގޮތުގެ މަތީން ޢަމަލްކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                 19 މެއި 2021

19 މޭ 2021
ހޯދާ