މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
Auction

ނީލަން

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ

 

ނަންބަރު: IUL) 25-A4/25/2021/33)    

 

އިޢުލާން


 

 މި މިނިސްޓްރީގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން:

 

މި މިނިސްޓްރީގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން، 24 މެއި 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިމިނިސްޓްރީގެ އިމާރާތުގެ ގޯތިތެރޭގައި (ބޮޑުތަކުރުފާނުމަގު، 6 ނަންބަރު ޖެޓީ ކުރިމަތީގައި) އޮންނާނެއެވެ. މިއިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މި މިނިސްޓްރީއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޓެލެފޯން ނަންބަރު 3323400 އަށް ގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 


06 ޝައްވާލް 1442

18 މެއި 2021

18 މޭ 2021
ހޯދާ