ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ކުރު ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

     ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކުރު ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:  (IUL)222-F/INDIV/2021/19(22 އެޕްރީލް 2021) އިޢުލާން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެއިޢުލާން ބާތިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިން ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

     މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 މެއި 2021 ވާ ހޯމަ ދުވަހުން ފެށިގެން 23 މެއި 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ޕްރޮކިއުމަންޓް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި ޕްރޮޖެކްޓްގެ މަޢުލޫމާތު ކަރުދާހާއި ބީލަން ފޮތް ގެޒެޓްގެ އެޓޭޗްމަންޓްގައި އެޓޭޗްކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 މެއި 2021 ވާ ބުރާސްފަތި ދުވަހު 11:30 ގައި ޤައުމީ ދާރުލްއާސާރުގެ މީޓިން ރޫމުގައެވެ. ރަޖިސްޓްރީކުރަން ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ. 

މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޕްރޮކިއުމެންޓް ޔުނިޓް

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު

ޤައުމީ ދާރުލްއާސާރު 

ޗާންދަނީމަގު، މާޅެ، ދިވެހިރާއްޖެ

ފޯން: 3340202 / 3323206

އީ-މެއިލް: [email protected]

ކޮޕީ މެއިލް: [email protected]

17 މޭ 2021
ހޯދާ