ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

1. މަގާމުގެ ނަން

ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ

ރޭންކް:

އެމް.އެސް 2

އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:

ފޮރިން ރިލޭޝަންސް އޮފީސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

ޚާއްޞަ އެލަވަންސް:

2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:

1,250.00 ރުފިޔާ

މަގާމުގެ ޝަރުޠު:

 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ޚާރިޖީ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅަކަށް ނުވަތަ މަޢޫލޫމާތަށްޓަކައި އަރުވާ ޚުލާސާ ކަރުދާސްތައް ތައްޔާރުކުރުމާއި، ޙާއްޞަގޮތެއްގައި ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާ ދެމެދު އޮންނަ ގުޅުމާ ބެހޭ މަސައްކަތްތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިނގިރޭސި ތަޤްރީރުތައް ޑްރާފްޓް ކުރުން.

- ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޖަލްސާ/ ރަސްމިއްޔާތު/ ޙަފްލާ ފަދަ ކަންތައްތަކުގެ ތެރެއިން ޚާރިޖީ ދާއިރާއާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.

- ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށް ރާއްޖޭންބޭރުން ވަޑައިގަންނަވާ ބައެއް ބޭފުޅުން ރިސީވްކުރުމަށާއި ފުރާވަޑައިގަންނަވާއިރު ފުރާވަޑައިގަތުމުގެ ކަންތައްތައް ހަމަޖެއްސުމަށް އެއާޕޯޓަށް ދިއުން.

- ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ބޮޑެތި ހަފްލާތަކުގައި ސެކްރެޓޭރިއެޓް އޮފް ދަ ޕްރެޒިޑެންޓްއަށް އެހީތެރިވެދިނުން.

- ރައީސުލްޖުމްހޫރިއްޔާއަށް ބޭރުގެ އެކިއެކި ފަރާތްތަކުން ފޮނުވާ ސިޓީތަކާއި، މެސެޖުތަކާއި އެކިއެކި މުނާސަބަތުތަކަށް ފޮނުއްވާ ދަޢުވަތުތަކަށް ޖަވާބުތައްޔާރުކޮށް، ފޮނުވުން.

- ބަލަހައްޓާ މަސައްކަތްތަކާ ގުޅޭ ލިޔުންތައް ފައިލްކުރުން.

2. މަގާމުގެ ނަން

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

އެމް.އެސް 1

އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:

ފޮރިން ރިލޭޝަންސް އޮފީސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

ޚާއްޞަ އެލަވަންސް:

2,524.50 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:

1,000.00 ރުފިޔާ

މަގާމުގެ ޝަރުޠު:

 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތައް އިންތިޒާމްކުރުމުގައާއި ދަތުރުފުޅާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި، ދަތުރުފުޅުތަކުގައި ބައިވެރިވުން.

- ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ބާއްވާ ބައްދަލުވުންތައް ހަމަޖެއްސުމާއި، ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ/ރިޕޯޓު ތައްޔާރުކޮށް ފޮލޯއަޕްކުރަންޖެހޭ ކަންތައްތައް ކުރުން.

- ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޖަލްސާ/ ރަސްމިއްޔާތު/ ޙަފްލާ ފަދަ ކަންތައްތަކުގެ ތެރެއިން ޚާރިޖީ ދާއިރާއާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.

- ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށް ރާއްޖޭންބޭރުން ވަޑައިގަންނަވާ ބައެއް ބޭފުޅުން ރިސީވްކުރުމަށާއި ފުރާވަޑައިގަންނަވާއިރު ފުރާވަޑައިގަތުމުގެ ކަންތައްތައް ހަމަޖެއްސުމަށް އެއާޕޯޓަށް ދިއުން.

- ފޮރިން ރިލޭޝަންސް އޮފީހުގެ މުވައްޒަފުންނަށް ބަހާލެވިގެން ކުރާ ޢާންމު  އިދާރީ މަސައްކަތްތަކާއި، ހަވާލުކުރެވޭ މަސައްކަތާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.

- ސަރުކާރުގެ އެކިއެކި އިދާރާތަކުން ފޮރިން ރިލޭޝަންސް އޮފީހަށް ފޮނުވާ ސިޓީ/ނޯޓް ރަޖިސްޓްރޭޝަނުން ނުވަތަ ޖެމްސް މެދުވެރިކޮށް ބަލައިގަތުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
  2. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު :

މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު،    20 މޭ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެދި ފޯމު ހުށަހަޅުއްވާއިރު، އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv  އެވެ.

މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަގާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ.

16 މޭ 2021
ހޯދާ