ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އެސިސްޓަންޓް

މަޤާމް :އެގްޒާމް އެސިސްޓަންޓް
ބޭނުންވާ އަދަދު :6

އެގްޒާމް އެސިސްޓަންޓް

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތައުލީމް ހާސިލްކުރަމުންދާ ޙާއްސައެހީއަށް ބޭނުންވާ ދަރިވަރުންގެ މިއަހަރުގެ 1 ވަނަ ޓާރމްގެ ފައިނަލް އަދި ރީސިޓް އިމްތިހާނު ހެދުމަށް އެހީތެރިވެދޭނެ (އިމްތިހާނު ޕޭޕަރުގައިވާ ސުވާލުތައް ކިޔައިދީ، ދަރިވަރުދޭ ޖަވާބުތައް ރިކޯޑު ކޮށްދޭނެ) ފަރާތެއް ބޭނުންވެއެވެ.

މި އިޢުލާނުގައި އެގްޒާމް އެސިސްޓަންޓުން ބޭނުންވާ އަދަދު ކަމަށް ކަނޑައަޅާފައިވާ ޢަދަދަކީ މިއަހަރުގެ 1 ވަނަ ޓަރމްގެ އިމްތިހާނުގައި ބައިވެރިވާނެކަމަށް ލަފާކުރެވޭ ދަރިވަރުންނަށް ރިޢާޔަތްކޮށްގެން ކަނޑައަޅާފައިވާ ޢަދަދެކެވެ. ނަމަވެސް ކިޔަވައިދިނުމުގެ އެކި މަރުހަލާތަކުގެ ތެރެއިން އިމްތިހާނު ޙައްޤުވާ ދަރިވަރުންގެ ޢަދަދަށް ބަދަލުތަކެއް އަތުވެއްޖެނަމަ، މިހާރު އެގްޒާމް އެސިސްޓަންޓުން ބޭނުންވާ ކަމަށް ކަނޑައަޅާފައިވާ ޢަދަދަށް ބަދަލު އަތުވެދާނެއެވެ.

 

 

ބޭނުންވާ އަދަދު:

6

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒު (މާލެ)

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300ރ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުތު:

 

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިމްތިޙާނުގެ ކެނޑިޑޭޓެއް ކަމުގައި ނުވުން.
  • އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން
  • އިސްލާމިކް ސްޓަޑީޒް ޑިގްރީ ނުވަތަ ޑިޕްލޮމާ / އަރަބި ބަހުގެ ޑިޕްލޮމާ / ޝަހާދާ ޡާނަވިއްޔާ ފެންވަރު ހުރި މީހަކަށްވުން ނުވަތަ ދިވެހިބަހުން އަދި ޢަރަބިބަހުން ލިޔެކިޔުމުގެ ގާބިލުކަންހުރި މީހަކަށްވުން.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

2021 ގެ 1 ވަނަ ޓާރމްގެ ފައިނަލް އިމްތިހާނާއި ރީސިޓް އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި، ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އިމްތިހާނު އޮންނަ ގަޑިތަކުގައެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

އިމްތިހާނު ޕޭޕަރުގައިވާ ސުވާލުތައް ދަރިވަރަށް ކިޔައިދީ، ދަރިވަރުދޭ ޖަވާބުތައް ރިކޯޑު ކޮށްދިނުން، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށް ތިރީގައިވާ ލިންކުންނެވެ.

https://forms.gle/umvUWqxKvxCjxUvR8

އެޕްލިކޭޝަންގެ ސުންގަޑި:

23 މޭ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:

އެޕްލިކޭޝަން ފޯމާއެކު އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް އެގްޒާމް އެސިސްޓަންޓުންނަށް ހޮވޭ ފަރާތްތަކުން ތިރީގައިވާ ތަކެތި ހުށަހަޅަން ޖެހޭނެ ވާހަކަ ދަންނަވަމެވެ.

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މަގާމުގެ ޝަރުތުގައި ހިމަނާފައިވާ ސަނަދުތަކުގެ ތެރެއިން ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.

16 މޭ 2021
ހޯދާ