މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ މެމްބަރ

އިޢުލާނު

 

 

 

މަޤާމު:

ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ މެމްބަރ

ބޭނުންވާ އަދަދު:

03 (ތިނެއް)

ފެންވަރުނުވަތަ ޝަރުތު:

  • އިސްލާމީ ޝަރީޢާގެ ރޮގުން ދަށްވެގެން ބެޗްލަރސް ޑިގްރީއެއް ޙާސިލުކޮށްފައިވުމާއި އެކު ފިޤްހުލް މުޢާމަލާތު ނުވަތަ އުޞޫލުލް ފިޤްހު ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ އިސްލާމިކް ފައިނޭންސް ދާއިރާއިން ނުވަތަ އިސްލާމިކް އިޤްތިޞާދުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ފަރާތެއްކަމުގައިވުން.
  • ޝަރީޢާ އެޑްވައިޒަރީ ކޮމެޓީއެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އިސްލާމިކް ފައިނޭންސްއާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއް ކަމުގައިވުން.
  • ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް ނުވަތަ ކުންފުނީގެ މުވައްޒަފަކަށް ނުވުން.
  • ޙައްޖު ނުވަތަ އުމްރާ ގްރޫޕެއްގެ ހިއްސާދާރަކަށް ނުވަތަ މުވައްޒަފަކަށް ނުވުން.

މަސްއޫލިއްޔަތު:

  • ކުންފުނީގެ މެނޭޖްމަންޓާއި ކުންފުނީގެ ޑިރެކްޓަރުގެ ބޯޑުން ޝަރުޢީ ލަފާ ހޯދުމަށް ބޭނުންވާ ކަންކަމުގައި ޝަރުޢީ ލަފާ އަދި ރޫލިންގ ފޯރުކޮށްދިނުން.
  • މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިންވެސްޓްމަންޓުތަކާއި ގުޅޭ ގޮތުން ޝަރުޢީ ލަފާ ނުވަތަ ރޫލިން ދިނުން.

އުޖޫރަ

މެންބަރުންގެ ގޮތުގައި ހޮވިވަޑައިގަންނަވާ ފަރާތްތަކަށް ބައިވެރިވާ ކޮންމެ ޖަލްސާއަކަށް 1,500.00 (ފަނަރަސަތޭކަ) ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ.

 

ހުށައަޅަންޖެހޭ ލިޔުންތައް:

  • މަގާމަށް އެދި ހުށަހަޅާ ސިޓީ
  • މެންބަރުކަމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އަދާކުރައްވާފައިވާ ވަޒީފާތަކާއި ލިބިފައިވާ ތަޖުރިބާގެ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައަޅާފައިވާ އިންސައްތަ: 35)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައަޅާފައިވާ އިންސައްތަ: 40)
  • ލިބިފައިވާ ހުނަރު، ފެންވަރު، ގާބިލުކަން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން

(ކަނޑައަޅާފައިވާ އިންސައްތަ: 25)

ސުން ގަޑި:

ޝަރީޢާ ކޮމެޓީގެ މެންބަރަކަށްވުމަށް އެދި 31 މެއި 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

16 މެއި 2021

16 މޭ 2021
ހޯދާ