ދިވެހިރާއްޖެ
އިޢުލާން
12 މެއި 2021 އިން 18 މެއި 2021ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 12 މެއި 2021 އިން ފެށިގެން 18 މެއި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން ޢަމަލުކުރަންވީ ގޮތް ތިރީގައި ބަޔާންކުރެވިފައިއެވަނީއެވެ.
1- 12 މެއި 2021 އިން ފެށިގެން 18 މެއި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 5:00 އިން ހަވީރު 4:00 އާ ދެމެދު އެވެ.
2- 12 މެއި 2021 އިން ފެށިގެން 18 މެއި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން، ހަވީރު 4:00 އިން މެންދަމު 12:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެއެވެ.
މުދާ ވިއްކާ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.