މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Japanese Government Scholarship for 2022

 ޖަޕާނުގެ ސަރުކާރުގެ ފަރާތުން ޖަޕަނީޒް ގަވަރމެންޓް ސްކޮލަރޝިޕް ފޮރ 2022 ގެ ދަށުން ދިވެހިރާއްޖޭގެ ދަރިވަރުންނަށް ޖަޕާނުގެ ޔުނިވަރސިޓީތަކުގެ ގްރެޖުއޭޓް ސްކޫލްތަކުގައި ކިޔެވުމަށް ސްކޮލަރޝިޕް ފުރުޞަތު ލިބިފައިވާ ކަމަށް ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ވަނީ އަންގާފައެވެ.  

 

މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހފައިވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުންނެވެ. މި ސްކޮލަރޝިޕަށް ކެނޑިޑޭޓުން ހޮވުމުގެ ގޮތުން އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އަދި އިންޓަރވިއު މަރުހަލާއަށް ކުދިން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރާނީ ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ ފަރާތުންނެވެ. މި ޓެސްޓް އަދި އިންޓަވިއު އޮންނާނީވެސް ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގައެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައިމިވާ ލިންކުން އަދި މި މިނިސްޓްރީގެ ވެބްސައިޓްއިން ލިބެން ހުންނާނެއެވެ.

http://www.studyinjapan.go.jp/en/smap_stopj-applications_research.html

*މި ސްކޮލަރޝިޕަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިމިވާ އެޑްރެސްއަށެވެ.

- ޖަޕާން އެމްބަސީ (ހ.އާގެ ބިލްޑިންގް 8 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު)

 

މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 ޖޫން 2021 އެވެ.

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

12 މޭ 2021
ހޯދާ