ދިވެހިރާއްޖެ
އިއުލާން
ލެބޯޓްރީ ޙިދުމަތް ލިބެންނެތް ރަށްރަށުން ލެބޯރޓްރީހުރި ރަށްރަށަށް ސާމްޕަލް ގެންގޮސްދޭނެ ފަރާތެއް ހޯދުން.
މި ޞިއްޙީމަރުކަޒުގައި ލެބޯޓްރީގެ ޙިދުމަތް މިވަގުތު ލިބެންނެތުމާއި ގުޅިގެން، މިމަރުކަޒުން ނަގާ ސާމްޕަލް، ސާމްޕަލްނެގި މަރުކަޒާއި އެންމެ ގާތުން ޙިދުމަތް ލިބެންހުރި މަރުކަޒަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ސާމްޕަލް ގެންދިޔުމަށް ހަމަޖެހިފައިވާ ރަށުގެ މާއުލޫމާތު ތަފްސީލް ތިރީގައި އެވަނީއެވެ.
- އއ.ބޮޑުފޮޅުދޫ ޞިއްޙީމަރުކަޒުން އއ.މަތިވެރި ޞިއްޙީމަރުކަޒަށް ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުން.
- ހުކުރުދުވަހު ނުވަތަ ބަންދު ދުވަހެއްގައި ސާމްޕަލް ގެންދަން މަރުކަޒުން އެދިއްޖެނަމަ 1 ގަޑިއިރުތެރޭ ކަނޑައެޅިފައިވާ ރަށަށް ސާމްޕަލް ގެންގޮސްދޭން ޖެހޭނެއެވެ.
- އުޅަނދަށް އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ކަނޑައެޅިފައިވާ ވަގުތައް ސާމްޕަލް ނުވަތަ ކެރިއަރ ރައްކާތެރިކަމާއެކު، ކަނޑައެޅިފައިވާ މަރުކަޒަށް ގެންދިއުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
- މިމަސައްކަތް ހަވާލު ކުރެވޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިލައްވާ ފަރާތްތަކުން 18 މޭ 2021 ވާ އަންގާރަ ދުވަހު 11:00 ގެ ކުރިން މަރުކަޒަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު ނަންނޯޓު ކުރެއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ޕްރިބިޑް މީޓިން 19 މޭ 2021 ވާ ބުދަ ދުވަހު 11:00 ގައި މި ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 27 މޭ 2021 ވާ ބުރާސްފަތި ދުވަހު 11:00 ގައި، މި ޞިއްޙީމަރުކަޒުގައިއެވެ.
12 މޭ 2021