ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށް ދެބައިމަގުން ކުޑަމިސްކިތާ ދިމާލުން ހުޅަނގުފަރާތު ގޮނޑުދޮށުގައި ހުރި 11 ރުއް ނެގުން.

ދިއްދޫގެ ހުޅަނގު ފަރާތް ގިރާ މަސައްލަ ޙައްލުކުރުމަށް ޖީއޯބޭގު ޖެހުމުގެ މަސައްކަތް ކުރާއިރު އެ މަސައްކަތަށް ދަތިވާތީ، މިރަށުގެ ރަށް ދެބައިމަގުން ކުޑަމިސްކިތާ ދިމާލުން ހުޅަނގުފަރާތު ގޮނޑުދޮށުގައި ހުރި، މި ކައުންސިލްގެ އިދާރާއިން ނަންބަރު ޖަހާފައިވާ 11 ރުއް އެތަނުން ނެގުމަށް ބޭނުންވެއެވެ. އަދި އެ ރުއްތަކަކީ ވަކި ފަރާތެއްގެ ރުއްތަކެއް ކަމުގައިވާނާމަ، އެއީ އެފަރާތުން އިންދާފައިހުރި ރުއްތަކެއްކަން ހެކިދޭނެ ދެ ހެކިންގެ މަޢުލޫމާތާއިއެކު 14 މޭ 2021 ވަނަ ދުވަހުގެ 13:00ގެ ކުރިން މި ކައުންސިލްގެ އިދާރާއަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގައި އެއްވެސް ފަރާތަކުން އެ ރުއްތަކުގެ މިލްކުވެރިކަމާގުޅޭ އެއްވެސް މައްސަލައެއް ހުށަހަޅުއްވާފައި ނުވާނަމަ މި ކައުންސިލުން އެރުއްތައް ނަގައި ނައްތާލެވޭނެއެވެ.

އަދި ދަންނަވަމެވެ. ކަނޑައެޅިފައިވާ އުޞޫލުން އެރުއްތަކުގެ ވެރިފަރާތެއް ހުރިކަން ސާބިތު ކުރެވިއްޖެނަމަ، ރުއްތައް ނެގުމަށް މި ކައުންސިލުން ހުއްދަ ދޫކުރާތާ 3 ދުވަހުގެ ތެރޭގައި އެފަރާތަކުން އެ ރުއްތައް  ނަގައިގެން ނުވަތަ ކަނޑައިގެން ގެންދިއުމަށް އެންގީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

11 މޭ 2021
ހޯދާ