ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަގާމު ނަންބަރު

J-333337

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި / މަޤާމުގެ މުއްދަތު:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކުލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޣާޒީ ސްކޫލް، ހުޅުމާލެ

މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ސަޕޯޓިންގ ކޯ އެލަވަންސް -/900 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މުވައްޒަފުން ހޯދުމާއި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ސިވިލް ސަރވިސްގެ ޤަވާޢިދާއި އެއްގޮތަށް ކުރުން.
  2. އީކިއު އެލަވަންސް، ރިސްކް އެލަވަންސް އަދި ޓްރާންސްޕޯޓް އެލަވަންސް އޮއްނަ އުސޫލުގެ ދަށުން ހަމަޖައްސައި މުވައްޒަފުންނަށް ލިބޭނެ ގޮތް ހެދުން.
  3. ސްކޫލުގެ މުވައްޒަފުންގެ ވަޒީފާ ބަޔާން ސިވިލް ސަރވިސްގެ ޤަވާޢިދާއި އެއްގޮތަށް ތައްޔާރުކޮށް މަސައްކަތް ޙަވާލުކުރުން.
  4. ސްކޫލުގެ ސްޓާފްރިކުރމެންޓަށް އައްނަ ބަދަލާއި ގުޅިގެން ވިއުގައިން އުފައްދަން ޖެހޭ މަޤާމުތަށް އުފެއްދުމާއި، އަދި އުވާލަން ޖެހޭ މަގާމުތަށް ވިއުގައިން އުވާލުން.
  5. ސްކޫލުގެ މުވައްޒަފުންގެ  ރަޖިސްޓްރީ ބެލެހެއްޓުން އަދި މިނިސްޓްރީ އަދި ކަމާއި ގުޅޭ ފަރާތަކުން ބޭނުންވާ މައުލޫމާތް މެނޭޖްމެންޓުން އަންގާ ގޮތަކަށް ފޯރުކޮއްދިނުން.
  6. ސްކޫލުގެ އިދާރީ ސެކްޝަންގެ މުވައްޒަފުންގެ އަހަރީ ޗުއްޓީ އެމުވައްޒަފުންގެ ސުޕަވައިޒަރުންގެ މަޝްވަރާގެ މަތިން ތާވަލްކުރުން
  7. ސްކޫލްގައި މަސައްކަތްކުރާ ކޮންޓްރެކްޓްކޮށް މުވައްޒަފުންގެ ކަންކަން ޤަވާޢިދާއި  އެއްގޮތަށް ހިންގާ ބެލެހެއްޓުން އަދި އެކަން މުވައްޒަފުންނާއި ގުޅޭ ޔުނިޓުން ކުރާކަން ކަށަވަރު ކުރުން.
  8. ސްކޫލުގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް ސިވިލް ސަރވިސްގެ ޤަވާޢިދާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  9. ސިވިލްސާވިސް ކޮމިޝަން، މިނިސްޓްރީ އަދި ކަމާއި ގުޅޭ އެހެނިހެން އިދާރާތަކުން މުވައްޒަފުންނާއި ގުޅިގެން އަންގާ އެންގުންތަކާއި އަދި ނެރޭ ޤަވާއިދު ތައް މުވައްޒަފުންނާއި ހިއްސާކޮއް، އެކަމާއި ގުޅޭގޮތުން އިތުރައް ދޭންޖެހޭ ތަމްރީނެއް އޮތް ނަމަ ދިނުން.
  10. ސަޕޯޓް ސާވިސް (މަސައްކަތު ބޭފުޅުން) މުވައްޒަފުންގެ ސަލާމާއި، ޗުއްޓީ ހަމަޖެއްސުން، އަދި ސްކޫލްގެ އެޑްމިނިސްޓްރޭޓަރ އަންގާ ގޮތެއްގެ މަތިން އެފަރާތް ތަކުގެ މަސައްކަތް ބެލެހެއްޓުން
  11. މުވައްޒަފުންގެ ޙާޟިރީއާއި މުސާރައާއި އެލަވަންސްގެ ކަންކަން ޤަވާޢިދު އެއްގޮތަށް ހިންގާ ދުވަހުން ދުވަހައް ހާޒިރީ ރިޕޯޓް ނަގުވައި އެޑްމިނިސްޓްރޭޓަރ އައް ފޯރުކޮއްދިނުން
  12. މުވައަޒަފުންގެ މުސާރަ ދިނުމައްޓަކައި ބޭނުންވާ ލިޔެ ކިޔުންތަކާއި މަޢުލޫމާތްތައް އެއްކޮށް މުސާރަ ތައްޔާރު ކުރާ މުއައްޒަފުންނަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޯރުކޮއްދިނުން.
  13. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސެޕް ސިސްޓަމް މެދުވެރިކޮށް ސްޓޭޓަސް އަޕްޑޭޓް ކުރުމާއި އޭގެއިތުރުން ސްކޫލް މުވައްޒަފުންގެ ލޯނެއްނަގައިފިނަމަ ރެކޯޑްސްތައް މަހުން މަހަށް ފިނޭސް ސިސްޓަމަށް އެޅުންކުރުން.
  14. މުވައްޒަފުންގެ އޯވަރ ޓައިމް ހިސާބުތައް މަހުން މަހަށް ކޮންމެ މަހަކު 21 ވަނަ ދުވަހުގެ ކުރިން ފޯރމްތައް ބަޖެޓް ސެކަޝަނާއި ހަވާލުކުރުން އަދި ފޯމްތައްފައިލްކޮށް ބެލެހެއްޓުން.
  1. މުވައްޒަފުންނަށް އަންނަ ބަދަލާއި ގުޅިގެން މިމިސް އަޕްޓޭޑް ކުރުން.
  2. ދަރިވަރުންނަށް އަންނަ ބަދަލާއި ގުޅިގެން މިމިސް އަޕްޓޭޑް ކުރުން.
  3. ރަސްމީ ބަޖެޓާއި،އަދި ސްކޫލްގެ އެހެނިހެން ފައިސާއާއިބެހޭ އެންމެހައި ލިޔެކިޔުންތައް ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމުގެޤަވާއިދުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ލިޔެ ބެލެހެއްޓުން.
  4. އިދާރީ ލިޔެ ކިޔުންތައް ބެލެހެއްޓުމާއި ސްކޫލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ފައިސާއާއި ބެހޭ ރިޕޯޓްތަކާއި ލިޔުންތައް ކަނޑައެޅފައިވާ މުއްދަތަށް ފޮނުވުން.
  5. ކޮންމެ މަހެއްގެ 10 ކުރިން އެ މަހެއްގެ ތިޖޫރީ ރިޕޯޓް،އާމްދަނީ ރިޕޯޓް،ފަންޑް ރިޕޯޓް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.
  6. ޓްރަސްޓްފަންޑަށް ލިބޭ ފައިސާ ރަސީދުން ބަލައިގަނެ އެމް.އެމް.އޭ އަށް ފައިސާ ޖަމާކުރަން ފޮނުއްވުން
  7. ސްކޫލްގެ ޓްރަސްޓް ފަންޑް ކޮމިޓީއާއި ބަޖެޓް ކޮމިޓީގެ ސެކްރެޓަރީއެއްގެ ގޮތުން އެޑްމިނިސްޓްރޭޓަރ ލަފާގެ މަތިން މަސައްކަތްތައް އެޖެންޑާ ކުރުން.( އެޖެންޑާ ބައްދަލުވުމަށް ތައްޔާރުކުރުން،ޔައުމިއްޔާ ލިޔުން އަދި ހުރިހާ ލިޔެ ކިޔުންތައް ފައިލްކޮށް ބެލެހެއްޓުން)
  8. ތިޖޫރީ ތަޅުދަނޑިއާއި ކޮމްބިނޭޝަން ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  9. ތިޖޫރީ ތަޅުދަނޑިއާއި ކޮމްބިނޭޝަން ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  10. މަހުންމަހަށް ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވުން އަދި ރިޕޯރޓް ފައިލް ތައްޔާރުކޮށް ފައިލް ކުރުން.
  11. ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތްތައް ކުރުން.
  12. މުވައްޒަފުންގެ ޗުއްޓީ ޗިޓް ތައްޔާރުކުރުމާއި ނޯޕޭ އަދި ޗުއްޓީ ރެކޯރޑްސް ބެލެހެއްޓުން. (ނޯޕޭލީވް ނަގައިފިނަމަ ކަނޑައެޅިފައިވާ ޤަވާއިދުން ވިއުގަރއަށް ރެކޯޑްސްތައް އެޅުން)
  13. އެޑިޔުކޭޝަން މިނިސްޓްރީއިން ލިބޭ މުވައްޒަފުންނާއި ގުޅޭ ސިޓީތަކަށް އެކަމަކާގުޅޭ ވެރިއެއްގެ ލަފާގެ މަތިން ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބުދިނުން.
  14. ކިޔަވައިދިނުމަށްޓަކައި ދަރިވަރުންނަށް ދޭންޖެހޭ ފިލާވަޅުތަކާއި ނޯޓުތައް ލީޑިންގ ޓީޗަރުން ވިދާޅުވާގޮތަށްތައްޔާރުކޮށްދިނުމާއި، ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތައް ނޯޓިސްބޯޑަށް އެރުވުމާއި، އެ ނޯޓިހެއްގެ ބޭނުންކެނޑުމުން، އެ ނޯޓިހެއް ނެގުން
  15. ބިދޭސީ މުވައްޒަފުންގެ ވާރކްޕާމިޓް ހެދުމާއި ،ވިސާފީ ދެއްކުމާއި މެޑިކަލް ރިއެމްބާސްމެންޓުގެ ކަންތައްތައް ދުވަހުން ދުވަހަށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޟިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

 2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

 

ތައުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިން:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

 

  • ·      މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %25 (ފަންސަވީސް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި، އަދި އިދާރާގެ  ކައުންޓަރުން ލިބެންހުންނާނެއެވެ.) ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް (http://www.csc.gov.mv/download/2249)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި އަދި ސިފަތަކަށެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021  މެއި 17 ވާ (ހޯމަ) ގެ 13:00ގެ ކުރިން، ޣާޒީ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،2021  މެއި 18 އާއި 2021  މެއި 19 އާ ދެމެދު، ޣާޒީ ސްކޫލްގައި ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ގުޅާނީ3350733  ނަންބަރު ފޯނާއިއެވެ. އީ  މެއިލް ކުރާނީ  [email protected]އަށެވެ.

ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުންހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލްތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/dv/recruitment-usoolu  އިން ލިބެން ހުންނާނެއެވެ.

 

 

28 ރަމަޟާން 1442

10 މެއި  2021 

10 މޭ 2021
ހޯދާ