ކާށިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ލެބޯޓްރީ ސާމްޕަލްތައް ހިފައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

 
ކާށިދޫ ޞިއްހީމަރުކަޒު 
ކ.ކާށިދޫ/ދިވެހިރާއްޖެ

 

ނަންބަރު: (IUL)H1-HC/2021/05

 

އިޢުލާން

ލެބޯޓްރީ ސާމްޕަލްތައް ހިފައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.

ކ.ގާފަރު ޞިއްޙީމަރުކަޒުން ލެބޯރަޓްރީ ސާމްޕަލް ނަގައިގެން ކ.ކާށިދޫ ޞިއްހީމަރުކަޒަށް ލެބޯޓްރީ ސާމްޕަލް ގެންގޮސް ހަވާލުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 

ސާންޕަލް ހުރި ރަށް

ސާންޕަލް ގެންގޮސް ހަވާލުކުރަންޖެހޭ ތަން

ކ.ގާފަރު ޞިއްހީމަރުކަޒު

ކ.ކާށިދޫ ޞިއްހީމަރުކަޒު

 

ވީމާ، މި މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 މޭ 2021 ވާ ހޯމަ ދުވަހު 11:00 އަށް ކ.ކާށިދޫ ޞިއްހީމަރުކަޒު ނުވަތަ ކ.ގާފަރު ޞިއްޙީމަރުކަޒަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 މޭ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކ.ކާށިދޫ ޞިއްހީމަރުކަޒު ނުވަތަ ކ.ގާފަރު ޞިއްޙީމަރުކަޒަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

.

1442 I28

10މޭ 2021

 

10 މޭ 2021
ހޯދާ