ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގައި އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު

       

އިންޓާންޝިޕް ފުރުޞަތު

ތާރީޚް  

 

09 މޭ 2021               

ނަންބަރު  

        (IUL)168-CA/1/2021/43

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

ބޭނުންވާ ޢަދަދު:       

 02 (ދޭއް)

ބޭނުންވާ މުއްދަތު:      

 03 މަސްދުވަސް (ހާލަތަށް ރިޢާޔަތްކޮށް މުއްދަތު އިތުރުކުރެވިދާނެއެވެ.)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މަސައްކަތްކުރަންޖެހޭ ވަގުތު:

 ހެނދުނު 9:00 އިން  މެންދުރުފަހު 14:00 އަށް

މައިގަނޑު މަސައްކަތް:   

  1. މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބައިފައި ތިބޭ ތަންތަނަށް ޒިޔާރަތް ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  2. މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތާންގައި އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް އިންތިޒާމުކުރުން
  3. މިފަދަ ތަންތަނަށް ކޮމިޝަނުން ޒިޔާރަތް ކުރުމަށްފަހު، އެއިދާރާތަކަށް ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ތަންފީޛުކުރެވެމުންދާ މިންވަރު ބަލައި، އެހުށަހެޅުންތައް ތަންފީޛު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމުގައި އެހީތެރިވުން
  4. ޑިރެކްޓަރުގެ ލަފާއާއެއްގޮތަށް އެން.ޕީ.އެމްގެ މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއިއެކު މުޢާމަލާތްކޮށް އެކުގައި މަސައްކަތްކުރުމުގައި އެހީތެރިވުން
  5. މިނިވަންކަން ގެއްލޭގޮތަށް މީހުން ބަންދުކޮށްފައިތިބޭ ފަރާތްތަކާގުޅުންހުރި ދާއިރާތަކުން އާންމުންނާއި، އެހެން މުއައައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތައް ހޭލުންތެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް ވާންޖެހޭ އިދާރީ ތައްޔާރީތައްވުން.
  6. ޑިޕާޓްމަންޓުގެ ބޭނުމަށް ހޯދިފައިވާ މައުލޫމާތު އަދި އެހެނިހެން ލިޔެކިޔުންތައް ޑޮކިއުމެންޓްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  7. މަސައްކަތާ ގުޅޭގޮތުން މީޑީޔާ ޕްރޮގްރާމްތަކަށް މައުލޫމާތު ދިނުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްކުރުން
  8. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން އަދި އިދާރީ މަސައްކަތްކުރުން
  9. ކޮމިޝަނުން ފާސްކުރާ ރިޕޯޓްތައް އިނގިރޭސި ބަހަށް ތަރުޖަމާ ކުރުން
  10. މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

 

އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:       

 03 (ތިނެއް)

ބޭނުންވާ މުއްދަތު:      

 03 މަސްދުވަސް (ހާލަތަށް ރިޢާޔަތްކޮށް މުއްދަތު އިތުރުކުރެވިދާނެއެވެ.)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މަސައްކަތްކުރަންޖެހޭ ވަގުތު:

 ހެނދުނު 9:00 އިން  މެންދުރުފަހު 14:00 އަށް

އިސްކަންދޭ ފަރާތްތައް:   

  1. އިންސާނީ ހައްގުގެ ދާއިރާއިން ތަހްގީގު ކުރުމާއި ޤާނޫނީ ދާއިރާ އަށް ޝައުޤުވެރިކަން ހުރުން ނުވަތަ
  2. ތަހްގީގީ ދާއިރާ ނުވަތަ ޤާނޫނީ ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން (ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަހު އަހަރުގެ ކިޔެވުން ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.)
  3. ހިއުމަން ރައިޓްސް ކޮމިޝަނުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުން.

މައިގަނޑު މަސައްކަތް:   

  1. އިންވެސްޓިގޭޝަން ދަތުރުތަކުގައި ބައިވެރިވުން
  2. އިންވެސްޓިގޭޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:       

 03 (ތިނެއް)

ބޭނުންވާ މުއްދަތު:      

 03 މަސްދުވަސް (ހާލަތަށް ރިޢާޔަތްކޮށް މުއްދަތު އިތުރުކުރެވިދާނެއެވެ.)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މަސައްކަތްކުރަންޖެހޭ ވަގުތު:

 ހެނދުނު 9:00 އިން  މެންދުރުފަހު 14:00 އަށް

އިސްކަންދޭ ފަރާތްތައް:   

  1. ޤާނޫނީ ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތައް
  2. ޤާނޫނީ ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން (ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަހު އަހަރުގެ ކިޔެވުން ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.)
  3. ޕޮލިސީ ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތައް
  4. ޕޮލިސީ ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން (ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަހު އަހަރުގެ ކިޔެވުން ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.)

މައިގަނޑު މަސައްކަތް: 

)އިންޓަރން – ޕޮލިސީ(

  1. ދައުލަތުގެ އިދާރާތަކުގައި އަމަލުކުރެވެމުންދާ ސިޔާސަތުތަކާއި، ގަވާއިދުތަކާއި، އިދާރީ އުސޫލުތަކަކީ އިންސާނީ ހައްޤުތަކާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ސިޔާސަތުތަކާއި، ޤަވާއިދުތަކާއި، އިދާރީ އުސޫލުތައްތޯ ބަލައި، ޕޮލިސީ ރިވިއުތައް އެކުލަވާލުން.
  2. ދައުލަތުގެ އިދާރާތަކުން އަލަށް އެކުލަވާލާ ސިޔާސަތުތަކާއި، ގަވާއިދާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގެ މަރުހަލާގައި އިންސާނީ ޙައްޤުތަކުގެ ނަޒަރަކުން ކޮމިޝަނުގެ ހުށަހެޅުން ތައްޔާރުކުރުމުގައި ޕޮލިސީ އޮފިސަރުންނަށް އެހީތެރިވެދިނުން.
  3. ސަރަހައްދީ އަދި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތައް ދިރާސާކޮށް މިފަދަ މުއާހަދާ ތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ކޮމިޝަނުގެ ހުށަހެޅުންތައް ތައްޔާރުކުރުމުގައި ޕޮލިސީ އޮފިސަރުންނަށް އެހީތެރިވެދިނުން.
  4. އަދި މިނޫންވެސް މަތީގައި ބަޔާންކޮށްފައިވާ މަސައްކަތްތަކާ ގުޅޭ އެކި މަސައްކަތްތަކާއި ޙަރަކާތްތަކުގައި ބައިވެރިވުން.

މައިގަނޑު މަސައްކަތް:  

(އިންޓަރން – ލީގަލް)  

  1. ޤާނޫނާއި، ޤަވާޢިދާއި، އިދާރީ އުޞޫލުތައް އެކުލަވާލުމުގެ މަރުޙަލާގައި ކޮމިޝަނުގެ ހުށަހެޅުން ތައްޔާރުކުރުމުގައި އެހީތެރިވުން.
  2. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ޤާނޫނީލަފާ ބޭނުންވާ މައްސަލަތަކާއި ބެހޭގޮތުން ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނަވާ މުވައްޒަފުގެ މަޝްވަރާގެމަތިން ޤާނޫނީ ލަފާދިނުން.
  3. ކޮމިޝަނުން އެކުލަވާލާ ގަވާއިދުތަކާއި އުޞޫލުތައް އެކުލަވާލުމުގައި ލީގަލް އޮފިސަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  4. ކޮމިޝަނުގެ ފަރާތުން ޝަރީއަތަށް ފޮނުވާ މައްސަލަތަކުގެ ލިޔެކިޔުންތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
  5. ސަރަހައްދީ އަދި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތައް ދިރާސާކޮށް މިފަދަ މުއާހަދާ ތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ކޮމިޝަނުގެ ހުށަހެޅުންތައް ތައްޔާރުކުރުމުގައި ލީގަލް އޮފިސަރުންނަށް އެހީތެރިވެދިނުން.
  6. ކޮމިޝަނުގެ ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމުގެ ގަވާއިދާ އެއްގޮތަށް ޤާނޫނީ އެހީތެރިކަން ދިނުމުގައި ލީގަލް އޮފިސަރުންނަށް އެހީތެރިވެދިނުން.
  7. އަދި މިނޫންވެސް ކޮމިޝަނުން މަތީގައި ބަޔާންކޮށްފައިވާ މަސައްކަތްތަކާ ގުޅޭ އެކި މަސައްކަތްތަކާއި، ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް  

  1. އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީމެއިލް
  2. ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖޭން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް އެހެން ތަނެއްގައި ވަޒީފާ އަދާ ކުރަމުންދާނަމަ އެ ތަނުގައި ވަޒީފާއަދާ ކުރިކަން ނުވަތަ ކުރަމުންދާކަން އަންގައިދިނުމުގެ ގޮތުން އެ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.

ސުންގަޑި           

2021 މޭ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން                      

އެހެނިހެން          

  1. އިންޓަރންޝިޕަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދު އިންޓާނުން ބޭނުންވާ އަދަދަށްވުރެ އިތުރުވާނަމަ މީހަކު ނަގާނީ އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް އިސްކަންދީގެންނެވެ.
  2. އިންޓާންސްގެ ގޮތުގައި ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  3. އިންޓާންސްގެ ގޮތުގައި ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  4. އިންޓާންސްގެ ގޮތުގައި ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  5. އިންޓާންޝިޕްގެ ފުރުޞަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ. ނަމަވެސް އިންޓާންޝިޕްގެ މުއްދަތު ފުރިހަމަކުރުމުން، މަސައްކަތްކުރިގޮތުގެ ރެފަރެންސް ސިޓީއެއް ދެވޭނެއެވެ. 
  6. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.
  7. އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީމެއިލް ފޮނުއްވާނީ [email protected] އަށެވެ. އިންޓާންޝިޕަށްއެދި ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

                  

 

 

 

 

09 މޭ 2021
ހޯދާ