އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
Vehicle Maintenance (2yrs)

  1. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ވެހިކަލް މަރާމާތުކޮށް (2 އަހަރަށް) ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ  ކުރެވުނު ނަންބަރު:(IUL)AEH/AEH/2021/11 އިޢުލާން ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނީ ކުދި އަދި މެދުފަންތީގެ ވިޔާފާރި، އަދި މެކޭނިކަލް އިންޖިނިއަރިންގެ މަސައްކަތަށް ވިޔާފާރި ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 މޭއި 2021 އިން 13 މޭއި 2021 ވަނަ ދުވަހާއި ދެމެދު  [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
  3. މި ޢިއުލާނާއި އެކު މަޢުލޫމާތު ޝީޓް، ބީލަން ޝީޓު އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓް ކުރެވިފައިވާނެއެވެ.
  4. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 13 މޭއި 2021 ވަނަ ދުވަހުގެ ނިޔަލަށް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް އަދި މައުލޫމާތު ސާފުކުރެއްވުމަށް މެއިލް ކުރައްވާ ފަރާތްތަކުން އިއުލާން ނަމްބަރ އަދި ޕްރޮޖެކްޓްގެ ނަން އީމެއިލްގެ ސަބްޖެކްޓްގައި ޖެއްސެވެމަށް ދަންނަވަމެވެ.
  5. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 މޭއި 2021 ވަނަ ދުވަހުގެ 13:00ގައި މި މިހޮސްޕިޓަލުގެ ކޮންފަރެންސް ހޯލުގައެވެ.
  6. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.
09 މޭ 2021
ހޯދާ