ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ލެބޯޓްރީ ސާމްޕަލްތައް ހިފައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

ލެބޯޓްރީ ސާމްޕަލްތައް ހިފައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.

ބ. މާޅޮސް ޞިއްޙީމަރުކަޒުން ލެބޯރަޓްރީ ސާމްޕަލް ނަގައިގެން ބ.އަތޮޅު ހޮސްޕިޓަލަށް ލެބޯޓްރީ ސާމްޕަލް ގެންގޮސް ހަވާލުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުން ވެއްޖެއެވެ.

 

ސާންޕަލް ހުރި ރަށް

ސާންޕަލް ގެންގޮސް ހަވާލުކުރަންޖެހޭ ތަން

ބ. މާޅޮހު ޞިއްޙީމަރުކަޒު

ބ.އަތޮޅު ހޮސްޕިޓަލް

 

ވީމާ، މި މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 މޭ 2021 ވާ ބުދަ ދުވަހު 11:00 އަށް ބ. އަތޮޅު ހޮސްޕިޓަލް، ބ.މާޅޮސް ޞިއްޙީމަރުކަޒަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މޭ 2021 ވާ ބުދަ ދުވަހު 11:00 އަށް ބ. އަތޮޅު ހޮސްޕިޓަލް، ބ.މާޅޮސް ޞިއްޙީމަރުކަޒަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

06 މޭ 2021
ހޯދާ