ޑްރަގް ކޯޓު
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

`

 

ޑްރަގް ކޯޓު

މާލެ، ދިވެހިރާއްޖެ

މި ކޯޓުން ކުރި ނަންބަރު IUL)435-A1/2021/7) (05 މެއި 2021) އިޢުލާނުގައި ސުންގަޑި ނުބައިކޮށް ޖެހިފައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރު: IUL)435-A1/2021/8)

ތާރީޚް: 06 މެއި 2021


މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޢަދަދު

1

ރޭންކް: އެމް.އެސް 1

މަސައްކަތްކުރަން ޖެހޭ ތަން

ޑްރަގް ކޯޓު / ކ.މާލެ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

ސެކްޝަން

ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް އެޗް.އާރު ޔުނިޓް

އަސާސީ މުސާރަ:

-/5,610 ރުފިޔާ

އެލަވަންސް:

- ސަރވިސް އެލަވަންސް: -/2000 ރުފިޔާ

- ލިވިންގ އެލަވަންސް: -/2700 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ

- ދިވެހިރާއްޖެގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ފެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާ އިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށް ވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ޑްރަގް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއް ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ކޯޓުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޚިދުމަތުގެ މިންގަނޑުތަކެއް ކަނޑައަޅައި، އެ މިންގަޑުގައި ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން.
  2. ކޯޓަށް ލިބޭ އެންމެހައި ލިޔެކިޔުންތައް ބަލައިގަނެ ރައްދުކުރަން ޖެހޭ ސެކްޝަންތަކަށް ރައްދުކުރުމާއި، ސެކްޝަނުން ބޭރަށް ފޮނުވަން ޖެހޭ އެންމެހައި ތަކެތި ފޮނުވަން ޖެހޭ ވަގުތުގެ ތެރޭ ރައްދުކުރެވޭކަން ކަށަވަރުކުރުން.
  3. މުވައްޒަފުންގެ ހާޒިރީއާއި އިތުރުގަޑީގެ ހާޒިރީ ބެލެހެއްޓުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  4. އޮފީސް ހުޅުވައި ލެއްޕުމުގެ އިންތިޒާމު ބެލެހެއްޓުން.
  5. ޖަލްސާ/ކޮމިޓީ/ބައްދަލުވުންތައް އިންތިޒާމު ކުރުމުގެ ގޮތުން ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  6. ކޯޓުގެ އިމާރާތާއި ތަކެއްޗާއި ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  7. ކޯޓުގެ މުވައްޒަފުންނަށް އަންގަން ޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް މުވައްޒަފުންނަށް އަންގައި އޮޅުންފިލުވައިދިނުން.
  8. ކޯޓަށް ބޭނުންވާ ތަކެތި ހޯދުމާއި އެ ތަކެތި ދޫ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މިކަންކަން މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ހިންގައި ބެލެހެއްޓުން.
  9. ކޯޓުގެ މުވައްޒަފުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ތަމްރީނުތަކަކީ ކޮބައިތޯބަލައި އެފަދަ ތަމްރީނުތައް ހޯދުމަށްޓަކައި ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އަޅަން ޖެހޭ ފިޔަވަޅުތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން އެޅުން.
  10. މުވައްޒަފުން ތަމްރީނު ކުރުމާ ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި، އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ މުވައްޒަފުންގެ ކަންތައްތައް ސެކްޝަން ހެޑްގެ މަޝްވަރާއާ އެކު އެޅުމާއި، އެކަމާ ބެހޭ ލިޔުންތައް ލިޔެ ރެކޯޑު ބެލެހެއްޓުން.
  11. ކޯޓުގެ މުވައްޒަފުން އިޞްލާޙުކުރުމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި އެކަންކަމުގެ ރެކޯޑުތައް ބެލެހެއްޓުން.
  12. ކޯޓުގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަމުގައި ހުށަހެޅޭ ޝަކުވާތައް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް ސެކްޝަން ހެޑް އަންގާ ގޮތެއްގެ މަތިން އެޅުން.
  13. މުވައްޒަފުން އިތުރުކުރުމާއި ވަކިކުރުމާއި ބަދަލުކުރުމާ ބެހޭ އެންމެހައި ކަންތައްތައް ޗީފް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން.
  14. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދައި އެ ރިޕޯޓު ސެކްޝަނުގެ ވެރިޔާގެ ލަފާގެ މަތިން އެކުލަވާލައި ކަނޑައެޅިފައިވާ ދުވަހަށް ނިންމުން.
  15. ކޯޓުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ކަންކަން ސެކްޝަންތަކާ ގުޅިގެން ހިންގައި ބެލެހެއްޓުމާއި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން.
  16. މުވައްޒަފުންގެ ރިޓަޔަމަންޓްގެ މަސައްކަތް ޝަރުޢީ ދާއިރާގެ މުވައްޒަފުންނާ ބެހޭ ޤަވާޢިދުތަކާ އެއްގޮތަށް ކުރުން.
  17. ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ މަސައްކަތް ކުރުން.

ތަޢުލީމީ ރޮނގު

ބިޒްނަސް/ އެޑްމިނިސްޓްރޭޝަން/ އެޗް.އާރު/ މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ހިއުމަން ރިސޯސް މެނޭޖްމަންޓް

ހުށަހަޅަން ޖެހޭ ތަކެތި

 

 

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމުތަކާއި، ކޯސްތައް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ

6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓިފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރި ކަމުގެ ރަސްމީ ލިޔުމާ އެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯޓުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓިފިކެޓު ލިބިފައިވާ ފަރާތްތަކުން ސެޓިފިކެޓް އެކްރިޑޭޓްކޮށް ހުށަހެޅުން. (އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

7- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓިފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ، އެކަން އެނގޭނެ ރަސްމީ ލިޔުމާ އެކު ސެޓިފިކެޓް ހުށަހެޅުން. (އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

8- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

18 މެއި 2021 ވާ އަންގާރަ ދުވަހުގެ 11:30ގެ ކުރިން

އިތުރު މަޢުލޫމާތު

 

 

- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަން ޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުގެ ކައުންޓަރުންނާއި، ވެބްސައިޓްwww.drugcourt.gov.mv  އިން ލިބެން ހުންނާނެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3018556

- އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: ޑްރަގް ކޯޓު، ޢިއްޒުއްދީން މަގު.

- އެޕްލިކޭޝަން ހުށަހަޅަނީ އިލްކްޓްރޯނިކްކޮށް ނަމަ، އީމެއިލް ކުރަންވީ އެޑްރެސް:  [email protected]

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލު ކުރެވޭނެއެވެ.

- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާ އިރު، ހުށަހަޅާފައިވާ ސެޓިފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

- އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއް ނަމަ، ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު

5%

މަސައްކަތުގެ ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓު

20%

ޕްރެޒެންޓޭޝަން އަދި އިންޓަވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށް ވުން.

- ދިވެހި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާ އެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށް ވުން.

- ލީޑަރޝިޕްގެ ހުނަރު  ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން ޓީމު ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށް ވުން.

- މަސައްކަތްތައް ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމުކުރުމުގެ ހުނަރު ލިބިފައި ވުން.

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖު މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން.

- SAP ބޭނުންކުރަން އެނގުން ނުވަތަ އަވަހަށް ދަސްކުރެވޭނޭ މީހަކަށްވުން.

- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި، ވަޒީފާއާ ބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި އަދި އެނޫން ވެސް އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.

 

 

06 މޭ 2021
ހޯދާ