މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ތ.ގާދިއްފުށި ނަރުދަމާ ނިޒާމްގެ މަޝްރޫޢަށް އިންޖިނިއަރިންގް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން:

ތ.ގާދިއްފުށި ނަރުދަމާ ނިޒާމްގެ މަޝްރޫޢަށް އިންޖިނިއަރިންގް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ MTCC-PD/IU/2021/0217 (3 މެއި 2021) އިއުލާން ބާތިލްކޮށް މިކަމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލު

ތާރީޚާއި ވަގުތު

އީމެއިލް އެޑްރެސް

ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުން (އީމެއިލް މެދުވެރިކޮށް)

9 މެއި 2021 އިން ފެށިގެން 12 މެއި 2021 ގެ 12:00 ގެ ނިޔަލަށް

[email protected]

 މައުލޫމާތު ކަރުދާސް ހަވާލުކުރުން (އީމެއިލް މެދުވެރިކޮށް)

13 މެއި 2021

[email protected]

ބީލަމާއި ގުޅޭ ސުވާލުތަކަށް ޖަވާބު އެރުވުން (އީމެއިލް މެދުވެރިކޮށް)

13 މެއި 2021 އިން ފެށިގެން 16 މެއި 2021 ގެ 12:00 އަށް

[email protected]

އަންދާސީ ހިސާބު ހުށަހެޅުން     (އީމެއިލް މެދުވެރިކޮށް)

20 މެއި 2021 ގެ 10:00 އަށް

[email protected]

 

ބީލަމުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ގަޑިއަށް އީމެއިލްގެ ޒަރީއާއިން ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް އީމެއިލްގެ ޒަރީއާއިން ހުށަނޭޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދަންނަވެމެވެ.

06 މޭ 2021
ހޯދާ