ދިވެހިރާއްޖެ
ިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުވަރިޒަމް ސްޓަޑީޒްގެ އިމާރާތުގެ އެޓްރިއަމް ގައި ޖަހާފައިވާ ޕްލާސްޓިކު ސީޓްތައް ނަގާ އަލުން ގުލާސް ރީއިންފޯސްޑް ޓިނު ޖަހައިދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަމްބަރ MNU-CA-FM/2021/13 އަށް އިޖާބަދެއްވީ އެއްފަރާތުން ކަމަށްވާތީ އެއިއުލާން ބާތިލްކޮށް އެމަސައްކަތަށް އަލުން ހުޅުވާލަމެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުވަރިޒަމް ސްޓަޑީޒްގެ އިމާރާތުގެ އެޓްރިއަމް ގައި ޖަހާފައިވާ ޕްލާސްޓިކު ސީޓްތައް ނަގާ އަލުން ގުލާސް ރީއިންފޯސްޑް ޓިނު ޖަހައިދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަމްބަރ MNU-CA-FM/2021/13 އަށް އިޖާބަދެއްވީ އެއްފަރާތުން ކަމަށްވާތީ އެއިއުލާން ބާތިލްކޮށް އެމަސައްކަތަށް އަލުން ހުޅުވާލަމެވެ.ވީމާ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 18 މެއި 2021 ވާ ދުވަހުގެ ހެނދުނު 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގައި ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
ބީލަން ބަލައިގަތުން
ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 09 ޖޫން 2021 ވާ ދުވަހު 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާ ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.
- 3345192 ،3345134،7766059
އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
- އީމެއިލް އެޑްރެސް [email protected] :
ނޯޓް:
ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ. މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.