އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އިލެކްޝަންސް ކޮމިޝަނަށް ހާޒިރުވެގެން ދެމުން ގެންދިޔަ ޚިދުމަތްތައް މެދުކަނޑާލައި، އޮންލައިންކޮށް ޚިދުމަތްތައް ދިނުމާ ގުޅޭ

 

(IUL)38-AA/38/2021/598 :ނަންބަރު

 

 އިޢުލާން

މިހާރު ހަލުވިކޮށް ފެތުރެމުންދާ ކޮވިޑް 19 ރޯގާއިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން 2021 މެއި 05 ވާ ބުދަ ދުވަހުން ފެށިގެން 2021 މެއި 15 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، މިކޮމިޝަން ރަސްމީކޮށް ހުޅުވައިގެން ކޮމިޝަނަށް ހާޒިރުވެގެން ދެމުން ގެންދިޔާ ޚިދުމަތްތައް މެދުކަނޑާލި ވާހަކަ ދަންނަވަމެވެ.

އެހެންނަމެވެސް، މި މުއްދަތުގައި ކޮމިޝަނުން ދެމުންދާ ޢާންމު ޚިދުމަތްތައް ކޮމިޝަންގެ އީމެއިލް [email protected] އަދި އީގަވަރމެންޓް (ޖެމްސް) މެދުވެރިކޮށް ފޯރުކޮށްދެމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

05 މޭ 2021
ހޯދާ