ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ގުޅޭ

 

އިޢުލާން

 

ހިއުމަން ރައިޓްސް ކޮމިޝަނުގެ ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ގުޅޭ

 

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު: 34/2012 ( ކޮވިޑް 19 އިން ރައްކައުތެރިވުމަށް މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުން ) އާ ގުޅިގެން، 2021 މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައިވާ ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށާއި އޮފީސްތަކުން އޮންލައިންކޮށް ދެވޭ ޚިދުމަތްތައް އޮންލައިންކޮށް ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ނަންބަރު: 7/2021 (4 މެއި 2021) ދެންނެވުމުން ވަނީ ނިންމަވާފައެވެ. މި ނިންމެވުމާ ގުޅިގެން މިކޮމިޝަނުން ދެމުންގެންދާ ޚިދުމަތްތައްވެސް 15 މެއި 2021 ގެ ނިޔަލަށް އޮންލައިންކޮށް ދިނުމަށްވަނީ ނިންމާފައެވެ.

މި މުއްދަތުގެ ތެރޭގައި، ކޮމިޝަނަށް އެކި އިދާރާތަކުން ފޮނުއްވާ ލިޔެކިޔުންތައް ޖެމްސް މެދުވެރިކޮށް އަދި ކޮމިޝަނުގެ އީމެއިލް [email protected] އަށް ފޮނުއްވޭނެއެވެ. އަދި ކޮމިޝަނަށް ހުށަހަޅަން ބޭނުންވާ މައްސަލަތައް ކޮމިޝަނުގެ އީމެއިލް [email protected] އާއި ހިލޭ ގުޅޭ ނަންބަރު 1424 އަށް ގުޅައިގެން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ކޮމިޝަނަށް ހުށަހަޅާ ކުށުގެ ރެކޯޑު ފޯމްތައްވެސް [email protected] އަށް ފޮނުއްވުމުން ޖެހިގެން އަންނަ ދުވަހު ރެކޯޑު ސާފުކުރުމަށްފަހު ފޮނުވޭނެވާހަކަވެސް ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ކޮމިޝަނުގެ ރަސްމީ ގަޑީގައި ކޮމިޝަނުގެ ފޯނު ނަންބަރު 3336539 އަށް ގުޅޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.

05 މޭ 2021
ހޯދާ