މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލީޓެކްނިކް އަށް ބޭނުންވާ އޮފީސް ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ

 

 

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

އިއުލާން ނަމްބަރު: IUL475-PMU/475/2021/118

އިއުލާން

 މޯލްޑިވްސް ޕޮލީޓެކްނިކް އަށް ބޭނުންވާ އޮފީސް ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހާންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން މޯލްޑިވްސް ޕޮލީޓެނިކް އަށް ބޭނުންވާ ފަރުނީޗަ ގަތުމަށް ބޭނުން ވެއްޖެއެވެ.

މައުލޫމާތު ސާފުކުރުން:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް 12 މެއި 2021 ވާ  ބުދަ ދުވަހުގެ 12:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ކޯޓޭޝަން އުސޫލު:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ކޯޓޭޝަން އުސޫލު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ކޯޓޭޝަން އުސޫލުގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ކޯޓޭޝަން އުސޫލު [email protected]  އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12މެއި 2021 ވާ ބުދަ ދުވަހުގެ މެންދުރު 13:00ގެ އަށް ފެން ބިލްޑިން، ދެވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑް އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބުތަށް ބަލާނެ މިންގަނޑު:

މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އެޓެންޝަން: މުހައްމަދު މަނާން ، ޕުރޮކިޔުމަންޓް ސެޕްޝަލިސްޓް

ފެން ބިލްޑިންގް، 2 ވަނަ ފަންގިފިލާ

އަމީނީ މަގު، މާލެ

އީމެއިލް : [email protected]    ފޯން: 3026975

 

 

05 މޭ 2021
ހޯދާ