ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ  

މިކައުންސިލް އިދާރާއަށް 7 (ހަތެއް)ކޮމްޕިއުޓަރ ސިސްޓަމާއި 3 (ތިނެއް) ޕްރިންޓަރ  ،1 (އެކެއް) ޕްރިންޓަރ އޯލްއިންވަން އަދި 1 (އެކެއް) ޔޫޕީއެސް ހޯދަން ބޭނުންވެއްޖެ އެވެ.  

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

1- ތަކެތި ހޯދުމާގުޅެގޮތުން މަޢުލޫމާތުދިނުން އޮންނާނީ 2021 މެއި  09 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ. އަދި އޮންލައިންކޮށް ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 9 މެއި 2021 ވަނަދުވަހުގެ 10:00ގެ ކުރިން އީމެއިލް އެޑްރެސް، ބައިވެރިވާ ފަރާތުގެ ނަން އަދި ގުޅޭނެ ފޯނު ނަންބަރު މިއިދާރައިގެ [email protected]  އީމެއިލަށް ފޮނުއްވުން އެދެމެވެ.

2- މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާނީ 16 މެއި 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިންނެވެ. އަންދާ ހިސާބު ހުށަހަޅުއްވާނީ [email protected] އީ މެއިލަށެވެ.

3- އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ.  

އިތުރު މަޢުލޫމާތު

  • މި މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބުގައި ސްޕެސިފިކްސް ހިމަނުއްވާ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ނަން، އެޑްރެސް،ގުޅޭނެ ފޯނު ނަންބަރު،އީމެއިލް އެޑްރެސް) އަދި މަސައްކަތުގެ ޖުމްލަ އަގު އެނގެން އޮންނަންވާނެއެވެ.  ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • އަންދާސީ ހިސާބު ހުށަހެޅުއްވޭނީ  މިނސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓް ގައި ރަޖިސްޓަރީ ކުރެވިފައިވާ       ވިޔަފާރިތަކަށެވެ.
  • މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
  • ބިޑްތަށް އިވެލުއޭޓްކުރުމުގައި މާރކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

 

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

އިންސައްތަ

ތަފުޞީލް

%65

ހުށަހަޅާފައިވާ އަގަށް ( އެންމެ ކުޑައަގު ބެންޗްމާރކްކަމުގައި ބަލައިގެން)

ވޮރަންޓީ  

%5

މަސައްކަތުގެ ތަޖުރިބާ

%20

މަސައްކަތުގެ މުއްދަތު

އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ- އަންދާސީ ހިސާބު

ށ- ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

ނ- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

ރ- މީރާއިންދޫކުރާ ޓެކްސް ކްލިއަރެންސް ކޮޕީ

ބ- ކުންފުނި/ވިޔަފާރީގެ ޕްރޮފައިލް

    ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލްކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.           

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

                        23 ރަމަޟާން 1442

                        05 މެއި 2021  

05 މޭ 2021
ހޯދާ