މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2021 ވަނަ އަހަރުގެ ޚާއްޞަ ގޮތުން ކުރާ ޢާންމު ޖަލްސާގެ ނޯޓިސް

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2021 ވަނަ އަހަރުގެ ޚާއްޞަ ގޮތުން ކުރާ ޢާންމު ޖަލްސާގެ ނޯޓިސް

މިކުންފުނީގެ 2021 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ޙިއްޞާދާރުންނަށް ދަޢުވަތު އަރުވަމެވެ. 2021 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް 16 މެއި 2021 ވާ  އާދިއްތަ ދުވަހުގެ ހަވީރު 16:00 ގައެވެ.

 

2021 ވަނަ އަހަރުގެ ޙާއްޞަ ގޮތުން ކުރާ ޢާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް:

މިޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ 04 މެއި 2021 ވާ އަންގާރަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި 22 އޭޕްރިލް 2021 ގައި ވާނީ ނަންބަރު: MTCC-CS/IU/2021/0206 އިޢުލާނުން ޢާންމުކޮށް އަންގާ އިޢުލާންކޮށްފައެވެ.

 

ޖަލްސާގެ އެޖެންޑާ:

  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން.
  2. 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
  3. ކުންފުނީގެ ހިންގާ ޤަވާޢިދަށް ގެނެސްފައިވާ އިސްލާހު ފާސްކުރުން.
  4. ޖަލްސާ ނިންމުން.

 

ޖަލްސާއަށް ރެޖިސްޓަރ ކުރުން:

ކުންފުނީގެ މިއަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބާއްވާނީ އޮންލައިން ވަޞީލަތެއް މެދުވެރިކޮށް ކަމުގައި ވުމުން، ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހާ ޙިއްޞާދާރުން  14މެއި 2021 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ރަޖިސްޓަރ ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

މިގޮތުން ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން އެމްއެސްޑީގެ އިންފިނިޓީ ޕޯރޓަލް (www.infinity.mv) މެދުވެރިކޮށް، ނުވަތަ އެޕްލިކޭޝަން ފޯމު [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓަރ ކުރެއްވިދާނެއެވެ.

އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެ ގޮތުގެ ވީޑިއޯއެއް މިކުންފުނީގެ ވެބްސައިޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އަދި ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާއާއި ގުޅޭ ފޯމުތައް ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ލިންކު:  https://mtcc.mv/extraordinary-general-meeting/year/2021/

03 މޭ 2021
ހޯދާ