ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެލާނާގޭގައި ހުންނަ އޮފީހުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ
ނަންބަރު:(IUL) 101-AS/13/2021/2
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެލާނާގޭގައި ހުންނަ އޮފީހުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކޮށްދޭނެފަރާތެއް ހޯދުމަށް 5 އޭޕްރިލް 2021 ގައި ކުރެވުނު އިޢުލާން (ނަންބަރު (IUL) 101-AS/101/2021/82) އަށް އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމަށް ދެވިފައިވާ މުއްދަތުގައި މިލިންކްގައިވާ ފޯމު https://forms.office.com/r/CNMAKmaMMr މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް
ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި |
5 މޭ 2021 ވާ ބުދަ ދުވަހުގެ 16:00 |
ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން |
9 މޭ 2021 ވާ އާދީއްތަ ދުވަހު (ބައްދަލުވުން ބާއްވާނެ ގަޑި ރަޖިސްޓްރީވި ފަރާތްތަކަށް މިމިނިސްޓްރީން އަންގާނެއެވެ.) |
ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި |
12 މޭ 2021 ވާ ބުދަ ދުވަހުގެ 13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
16 މޭ 2021 ވާ އާދީއްތަ ދުވަހު 11:00 |
ބީލަން ހުށަހަޅާ ފަރާތަކީ މިމިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި އެސް.އެމް.އީ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.
މިޢިއުލާނާއި ގުޅޭ މަޢުލޫމާތް ކަރުދާސް މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ [email protected] އަށް އީމެއިލް ފޮނުވުމުން، އެކަމުގެ މަޢުލޫމާތު ސާފުކޮށްދިނުމަށްފަހު ހުރިހާ ބީލަންވެރިންނަށް އެމައުލޫމާތް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
3 މޭ 2021