މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަގުމަތިން ހޮވައިގެން ގެނެވިފައިވާ ކެވެލިކޮޅަކާއި ބެހޭ؛

މަގުމަތިން ހޮވައިގެން ގެނެސްފައިވާ ވެރިފަރާތެއް ނޭންގޭ ކެވެލިކޮޅެއް މިކޯޓުގެ ބެލުމުގެ ދަށުގައި އެބައޮތެވެ. މިކެވެލިކޮޅު ހޮވާފައިވަނީ ރ.ދުވާފަރު ފުޓްބޯޅަ ދަނޑުގެ ސިޑިބަރި ކައިރިންނެވެ. ޢާއްމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ މިކެވެލިކޮޅުގެ ވެރިފަރާތެއްވާނަމަ 16 މެއި 2021 ދުވަހުގެ 14:00 ގެ ކުރިން ކެވެލިކޮޅުގެ ސިފަތައް އެނގޭގޮތަށް މިކޯޓަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ.

އަދި، މިމުއްދަތުގެ ތަރޭގައި މިކެވެލިކޮޅު ހޯދުމަށް އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ ޤަވާއިދުގައިވާ ގޮތުގެ މަތީން ޢަމަލުކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 މޭ 2021
ހޯދާ