މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އިންސްޓިޓިއުޝަނަލް އޮޑިޓް ގެ އޮޑިޓް ޕެނަލަށް މެމްބަރުން ހޯދަން ބޭނުންވެއްޖެ

ދިވެހިރާއްޖޭގައި މަތީތަޢުލީމުދޭ މަރުކަޒުތަކުގެ އެކެޑަމިކް އޮޑިޓް ކުރުމަށް އެކުލަވައިލާ އޮޑިޓް ޕެނެލްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތްކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

 

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ވެބްސައިޓް www.mqa.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ކަރުދާހުގައިވާ ޝަރުޠު ފުރިހަމަވާ މިކަމަށް ޝައުވެރިވާ ފަރާތްތަކުން ޝައުޤުވެރިވާކަން ހާމަކޮށް 03 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ  13:00ގެ ކުރިން [email protected] އަށް ސީވީއާއެކު އީމެއިލްގެ ޒަރީޢާއިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ހޮވޭ ފަރާތްތަކަށް މި އޮތޯރިޓީގެ ފަރާތުން އިތުރު ތަމްރީނު ދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން އުޖޫރަ ދެވޭނެއެވެ.   

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3026659، 3026662 އަދި 3026664  ފޯނަށް ގުޅުން އެދެމެވެ. 

 


21 ރަމަޟާން 1442

03 މެއި 2021

03 މޭ 2021
ހޯދާ