ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޮންޓްރެކްޓަރ ފައިނޭންސް (އިންޖިނިއަރިންގ، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް) އުސޫލުން 06 ރަށެއްގައި ސޯލަރ ޕީ.ވީ އާއި ބެޓްރީ ސްޓޯރޭޖް ސިސްޓަމް އާއި އެކު ސޯލަރ ޕީ.ވީ-ޑީސަލް ހައިބްރިޑް ސިސްޓަމްއެއް ގާއިމް ކުރުމަށް:

އިޢުލާން ނަންބަރު:FNK-I/IUL/2021/202

އިޢުލާން

ކޮންޓްރެކްޓަރ ފައިނޭންސް (އިންޖިނިއަރިންގ، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް) އުސޫލުން 06 ރަށެއްގައި ސޯލަރ ޕީ.ވީ އާއި ބެޓްރީ ސްޓޯރޭޖް ސިސްޓަމް އާއި އެކު ސޯލަރ ޕީ.ވީ-ޑީސަލް ހައިބްރިޑް ސިސްޓަމްއެއް ގާއިމް ކުރުމަށް:

 

            މިކުންފުނިން ދޭ މަޢުލޫމާތާއި އެއްްގޮތަށް 06 ރަށެއްގައި ޕަވަރ ސިސްޓަމް ސޯލަރ ފޮޓޯވޮލްޓައިކް އަދި ބެޓްރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމް ބޭނުންކޮށްގެން ހައިބްރަޓައިޒް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނަށް ފުރިހަމަ ތަރުހީބެއްލިބިފައިނުވާތީ ތިންވަނަ ފަހަރަށް ފުރުސަތު ހުޅުވާލަމެވެ.

 

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދިހަ ހާސް (10,000.00 USD) ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.

ބިޑް ސެކިއުރިޓީ ވާންވާނީ:

-          އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ (ނުވަތަ)

-          ބޭންކް ގެރެންޓެޑް އަދި ސްޓޭމްޕް ޖަހާފައިވާ ޗެކެއް (ނުވަތަ)

-          މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް.

 ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނީ އަންދާސީ ހިސާބު ހުށަހަޅުއްވާ ކުންފުނީގެ ނަމުގައެވެ. ބިޑް ސެކިއުރިޓީ ބާޠިލްވާ މުއްދަތު، އަންދާސީ ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ. މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

03 އިން 12 މެއި 2021

09:00 އިން 13:00

މައުލޫމާތު ސެޝަން

17 މެއި 2021

12:00 ހެނދުނު

މައުލޫމާތު ސާފު ކުރުމަށް އެންމެ ފަހު ތާރީޙް (އީމެއިލް ޒަރިއްޔާއިން)

20 މެއި 2021

13:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

26 މެއި 2021

10:00 ހެނދުނު

 

 

 

 

 

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލައްވާ ފަރާތްތަކަށް އަދި  ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް ރަޖިސްޓަރ ކުރައްވާ ވަގުތު ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

02 މޭ 2021
ހޯދާ