ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޕޮލިސީ އެންޑް އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް / އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ޓްރައިބިއުނަލްގެ ޕޮލިސީ އެންޑް އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް ކުރި ނަންބަރު: 200-VTR/IU/2021/12 (22 އޭޕްރީލް 2021) އިޢުލާނާ ގުޅިގެން މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުން އެކަށީގެންވާ އަދަދަކަށް ކުރިމަތިލައްވާފައިނުވާތީ އެމަޤާމަށް އަލުން ހުޅުވާލަމެވެ.               

މަޤާމް:ޕޮލިސީ އެންޑް އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް

މަޤާމުގެ ބާވަތް: ދާއިމީ

އަދަދު: 01

މުސާރަ: 10,500ރ.

ޢިނާޔަތް:

    ސަރވިސް އެލަވަންސް: 2000ރ

    ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މަސްއޫލިއްޔަތު:  

  1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޤަވާއިދާއި އެއްގޮތަށް ޓްރައިބިއުނަލުގެ އިދާރީ އަދި ފައިސާއާބެހޭ ކަންތައްތައް ރާވާ ހިންގުން.
  2. ޓްރައިބިއުނަލަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދައި ތަރައްޤީކޮށް އެންމެ ހެޔޮގޮތުގައި ބޭނުން ހިފުން.
  3. ސަރުކާރަށާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު ޓްރައިބިއުނަލުގެ ރިޔާސަތާ ހަވާލުވެހުރި ފަރާތެއްގެ އިރުޝާދާ އެއްގޮތަށް ތައްޔާރުކޮށް ފޮނުވުން.
  4. ޓްރައިބިއުނަލުގެ މަސައްކަތުގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ ޕްލޭންތައް އެކުލަވައި ތަންފީޒުކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  5. ޓްރައިބިއުނަލުގެ އެކިއެކި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށާއި ޚިދުމަތް ދޭ ފަރާތްތަކަށް ފަސޭހަ، ލުއި، އަވަސް، ޚަރަދު ކުޑަ ގޮތްތައް ހޯދައި ތައާރަފްކޮށް އެކަން އިތުރަށް ކުރިއަރުވަން މަސައްކަތްކުރަމުން ގެންދިއުން އަދި އެ ކަންކަން އެގޮތަށް ކުރުމަށް ބޭނުންވާ، މަގުފަހިކުރާ، ގައިޑްލައިންތަކާއި، އުސޫލުތައް އެކުލަވައި ހާމަކޮށް، އެކަންކަން ކުރެވޭނެ ގޮތްތައް ހޯދައި ކުރިއަރުވަމުން ގެންދިއުން.
  6. ޓްރައިބިއުނަލުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޓްރައިބިއުނަލުގެ މުވައްޒަފުން އަމަލުކުރާނެ ގޮތްތައް ރާވައި އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ގައިޑްލައިންތައް ހަދައި އެއަށް ޢަމަލުކުރެވޭކަން ޔަޤީންކުރުން.  
  7. ތަމްރީނުގެ ކަންތައްތައްދަނީ ޓްރެއިނިންގ ޕޮލިސީއާއި، ވަޒީފާއާބެހޭ ޤާނޫނާއި އަދި ސަރުކާރުގެ މުވައްޒަފުން ތަމްރީނުކުރުމާއި ބޮންޑްކުރުމުގެ ޤާނޫނާ އެއްގޮތަށްކަން ޔަޤީންކުރުން.
  8. ޓްރައިބިއުނަލުގެ މުވައްޒަފުންނާއި މެންބަރުން މަސައްކަތްކުރާ މާހައުލަކީ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ މިންގަނޑުތަކާއި އެއްގޮތަށް ރޭވިފައިވާ ތަނެއްތޯ ޔަޤީންކުރުން.
  9. ޙަވާލުކުރެވޭ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓް، ޓްރައިބިއުނަލުގެ ރިޔާސަތާއި ހަވާލުވެ ހުރި ފަރާތެއްގެ އިރުޝާދާއި އެއްގޮތަށް ބެލެހެއްޓެވުން.
  10. މުވައްޒަފުންގެ މުސާރަޔާއި، ޢިނާޔަތްތަކާއި، މުސާރައިގެ ކުރިއެރުން ދިނުމުގެ އެންމެހާ ކަންތައްތައް ހަމަޖެހިފައިވާ ގަވާއިދާއި އެއްގޮތަށް ކުރިއަށް ގެންދިޔުން.
  11. މުވައްޒަފުން ވަޒީފާގައި ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ އެހެންވެސް ކަމަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި އެނޫންވެސް މުވައްޒަފުންނަށް ދިމާވާ އެކިކަހަލަ ކަންކަމާއި މައްސަލަތައް ހައްލުކުރުމުގައި ރިޔާސަތަށް އެހީތެރިކަން ދިނުން. 
  12. ޓްރައިބިއުނަލުގެ ޔައުމިއްޔާތައް ގަވާއިދާއި އެއްގޮތަށް ލިޔެވޭކަން ޔަޤީންކުރުން.
  13. ތަނަށް އަންނަ ސިޓީ، ނޯޓް، ފަދަ ތަކެތި އެންޓްރީކޮށް ހަމަޖެހިފައިވާ ގަވާއިދުގެ މަތިން ލަސްނުކޮށް ސެކްޝަންތަކާއި ޙަވާލުކޮށް ސޮއި ހޯދުމުގެ ކަންތައްތައް ކުރަމުން ގެންދޭތޯ ބެލުމާއި ޑިސްޕެޗަށް ގެނެވިފައިވާ ތަކެތި ޤަވާޢިދުން ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރެވޭކަން ޔަގީންކުރުން.
  14. ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ ދަށުން ހިންގަންޖެހޭ މާލީ އެންމެހައި ކަންތައްތަކާއި ހިސާބުކިތާބު ބެލެހެއްޓުމުގެ ކަންތައްތަކާއި މާލީ ހިސާބުތައް ތައްޔާރުކޮށް، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  15. ޓްރައިބިއުނަލުގެ އިސްވެރިންގެ ލަފާގެ މަތީން ކޮންމެ އަހަރެއްގެވެސް އަހަރީ ރިޕޯރޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީޚްގެ ކުރީން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވޭކަން ޔަޤީންކުރުން.
  16. ޓްރައިބިއުނަލުގެ ފައިސާއާބެހޭގޮތުން ދިގުމުއްދަތުގެ އަދި ކުރުމުއްދަތަށް ރާވަންޖެހޭ ކަންތައްތައް ރޭވުމާއި، އެފަދަ ރޭވުންތައް ކާމިޔާބުކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައެޅުމާއި، އެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަނޑައަޅާ އެކަންތައްތައް މުވައްޒަފުން ލައްވާ ކުރުވުން.               
  17. ފައިސާއާގުޅޭ ކަންތައްތަކުގައި އަދި މުވައްޒަފުންނާބެހޭ ކަންތައްތަކުގައި ޓްރައިބިއުނަލަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުން.
  18. އަހަރީ ބަޖެޓް ހެދުމަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދާ ކަނޑައަޅާފައިވާ ތާރީޚަށް ބަޖެޓް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  19. ފައިސާއާބެހޭ ރެކޯރޑްތައް އެންމެ ރަނގަޅުގޮތެއްގައި ބަލަހައްޓަމުން ގެންދޭތޯ ބަލައި ޔަގީންކުރުން، މިގޮތުން ދައުލަތު މާލިއްޔަތާބެހޭ ގަވާއިދާއި އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކަނޑައަޅުއްވާ އުޞޫލުތަކާ އެއްގޮތަށް ޓްރައިބިއުނަލުގެ ފައިސާއާބެހޭ ކަންކަން ރާވައި ހިންގުން.
  20. ކޮންމެ އަހަރެއްގެ އަހަރީ ހިސާބުތައް ކަނޑައެޅިފައިވާ ތާރީޚަށް ނިންމާ އޮޑިޓަރ ޖެނެރަލް އޮފީހަށް ހުށަހެޅުން.
  21. ޓްރައިބިއުނަލުގެ ފައިސާއާބެހޭ ކަންތައްތަކުގައި އޮޑިޓަރުންގެ ފަރާތުން ހުށަހެޅޭ މައްސަލަތަކަށް ޖަވާބުދާރީވުމާއި، އެކަންތައްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި މިފަދަ މައްސަލަތަކާއި ގުޅިގެން ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކުރުން.
  22. ޓްރައިބިއުނަލުގެ ޚަރަދުތައް ހިނގާނުހިނގާގޮތް ބެލުމާއި، ޚަރަދުތައް ބޮޑުވަމުންދާނަމަ އެކަންތައްތަކާއި ގުޅިގެން  އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.  
  23. މުވައްޒަފުންގެ މުސާރައިގެ ކަންތައްތައް ރަނގަޅަށް ބެލެހެއްޓުމާއި، މުސާރަ ދޭންޖެހޭ މުއްދަތަށް ދޭތޯބެލުމާއި އަދި ދެވެނީ ރަގަޅަށްކަން ކަށަވަރުކުރުން.
  24. ޓްރައިބިއުނަލްގައި ވަޒީފާ އަދާކުރާ ތަފާތު ފަންނީ ގިންތިތަކުގެ އެންމެން ގުޅިގެން އެކުވެރި ގޮތެއްގައި މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމާއި އަދި މުވައްޒަފުން މަސައްކަތުގައި އިސްނެގުމުގެ ރޫޙާއި މަސައްކަތުގެ ހިތްވަރާއި ފޯރި އިތުރުކުރެވޭނޭ ޙަރަކާތްތައް އިންތިޒާމް ކުރެވޭކަން ކަށަވަރުކުރުން.
  25. ޓްރައިބިއުނަލުގެ މާލީ ޒިންމާދާރު ވެރިޔާގެ މަޞްއޫލިއްޔަތު އަދާކުރުން.
  26. ޓްރައިބިއުނަލުގެ ފަރާތުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  27. ޓްރައިބިއުނަލުގެ ފަރާތުން ހިންގާ އެވެއަރނެސް ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  28. ސުޕަވައިޒްކުރާ މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލް ހެދުން.
  29. ޙަވާލުކުރެވޭ ގޮތެއްގެމަތިން މި ޓްރައިބިއުނަލުގެ ކޮމިޓީތަކުގައި މަސައްކަތްކުރުން.
  30. ޓްރައިބިއުނަލުގެ މަސައްކަތާއި ގުޅިގެން ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ދާންޖެހޭ ޙާލަތްތަކުގައި އެފަދަ ދަތުރުތަކުގައި ބައިވެރިވުން.
  31. މަތީގައި ބުނެވިދިޔަ މަސައްކަތްތަކުގެ އިތުރުން ޓްރައިބިއުނަލުގެ މަސައްކަތްތަކާއި ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުމާއި ޓްރައިބިއުނަލުން ހިންގަންޖެހޭ ޚާއްސަ ބޮޑެތި ކަންތައްތަކުގައާއި ކުއްލިގޮތުގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި އެހީތެރިވެދިނުމާއި އަދި ޓްރައިބިއުނަލުން ހިންގާ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވާން ޖެހިއްޖެނަމަ ބައިވެރިވާންވާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު: 

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ޑިގްރީ ޙާޞިލް ކުރައްވާފައިވުމާއިއެކު، ސަރުކާރުގެ އޮފީހެއްގެ އިދާރީ ހިންގުމުގެ މަސައްކަތް އަދި ފައިސާއާގުޅޭ އެންމެހާ ކަންތައްތައް، އިސްވެރިއެއްގެ ޙައިޞިއްޔަތުން ރާވައި ބެލެހެއްޓުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ހިންގުމުގެ ދާއިރާއިން ޑިގްރީ ޙާޞިލް ކުރައްވާފައިވުމަށްފަހު، ސަރުކާރުގެ އޮފީހެއްގެ އިދާރީ ހިންގުމުގެ މަސައްކަތް އަދި ފައިސާއާގުޅޭ އެންމެހާ ކަންތައްތައް، އިސްވެރިއެއްގެ ޙައިޞިއްޔަތުން ރާވައި ބެލެހެއްޓުމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ހިންގުމުގެ ދާއިރާއިން ނުވަތަ ފައިނޭންސް ދާއިރާއިން ޑިޕްލޮމާއެއް ޙާޞިލް ކުރެއްވުމަށްފަހު ސަރުކާރުގެ އޮފީހެއްގެ އިދާރީ ހިންގުމުގެ މަސައްކަތް އަދި ފައިސާއާގުޅޭ އެންމެހާ ކަންތައްތައް، އިސްވެރިއެއްގެ ޙައިޞިއްޔަތުން ރާވައި ބެލެހެއްޓުމުގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވުން.
  4. އެއްވެސް އިރެއްގައި ޚިޔާނާތާއި، ވައްކަމާއި، ޓެކުމާއި މިބާވަތުގެ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ބާވަތް: ދާއިމީ

ޢަދަދު: 01

މުސާރަ: 6295ރ. 

ޢިނާޔަތް:-           

     ސަރވިސް އެލަވަންސް:  2000ރ

     ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45

މަޤާމުގެ މަސްއޫލިއްޔަތު:

  1. ރިސެޕްޝަނުން ދޭންޖެހޭ އެންމެހާ ޚިދުމަތްތައް ޓްރައިބިއުނަލުގެ ޤަވާޢިދުތަކާއި ޕްރޮސީޖަރތަކާ އެއްގޮތަށް ދިނުން.
  2. ފޯންކޯލްތަކަށް ޖަވާބު ދިނުމާއި، ރިސެޕްޝަނަށް އަންނަ މީހުންނަށް އެޓެންޑްވުން.
  3. ސިޓީތަކާ ލިޔުންތައް ބަލައިގަނެ އެންޓްރީކުރުން.
  4. ޑިސްޕެޗްކުރުމަށް ގެނެވޭ އަމުރުތަކާއި ލިޔުންތައް ޑިސްޕެޗްކުރުމަށް ޕިއޯނުންނާއި ހަވާލުކުރުން އަދި އަވަހަށް ފޮނުވަންޖެހޭ ލިޔުންތައް އަވަހަށް ފޮނުވުމަށް އިސްކަންދިނުން.
  5. އެކި ކަންކަމާއި ގުޅިގެން ބަލައިގަންނަ ފައިސާ ރަސީދު ހަދާ ބަލައިގަނެ ކޮންމެ ދުވަހެއްގެ ވެސް އޮފީސް ބަންދުވުމުގެ ކުރީން ފައިނޭންސް އޮފިސަރަށް ހަވާލުކުރުން.
  6. ޓްރާންސްޕޯރޓް ފޯރމް ބަލައިގަތުމަށްފަހު ޗެކްކުރުން.
  7. އޮފީހަށް ގަންނަން ބޭނުންވާ ތަކެއްޗާއި ހޯދަންޖެހޭ ހުރިހާ ޚިދުމަތެއް ހޯދުމުގެ ކަންތައްތައް މާލިއްޔަތު ޤާނޫނާއި، ޤަވާޢިދާ އެއްގޮތަށް ކުރުން.
  8. އޮފީހަށް ގަންނަ މުދާ ސިސްޓަމުން ރިސީވްކުރުން.
  9. ޑިޕާރޓްމެންޓްތަކަށް ބޭނުންވާ ތަކެތި ހޯދަން އެދުމުން އެމަސައްކަތްތައް ޕްރޮކިއުމެންޓް ޕްރޮސީޖަރއާއި އެއްގޮތަށް ކުރިއަށް ގެންދިއުން.
  10. ސޮޓްކޮ ބެލެހެއްޓުން.
  11. ހަރުމުދަލުގެ ލިސްޓް އަޕްޑޭޓްކޮށް މުދަލުގައި ޖަހަންޖެހޭ އިންވެންޓްރީ ނަންބަރު ޖަހާ ބެލެހެއްޓުން.
  12. އެކިފަރާތްތަކާއި ޙަވާލުކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޢިޢުލާނުކުރުމާއި، މަޢުލޫމާތު ދިނުން އަދި ޕްރޮޕޯސަލް ބަލައިގަނެ މާލިއްޔާތު ޤަވާޢިދާ އެއްގޮތަށް ޕްރޮސެސް ކުރުން.
  13. ބިޑް ޕްރޮސެސް ކުރުމަށްޓަކައި އިވެލުއެޓްކުރުމަށްފަހު ޚަރަދު ކޮމިޓީއަށް ގެންދިއުމަށް ތައްޔާރުކުރުން.
  14. މުދާ އަދި ޚިދުމަތްލިބުމުން އެލިބުނު މުދަލަކީ ނުވަތަ ޚިދުމަތަކީ ޓްރައިބިއުނަލްއާއި އެޚިދުމަތް ދިން ފަރާތާއި ދެމެދު ކުރެވިފައިވާ އެގްރީމެންޓްގައިވާ ގޮތަށް ކޮށްފައިވާ މަސައްކަތެއްތޯ ބެލުން އަދި އެލިބުނު މުދަލަކީ ޕާޗޭސް އޯޑަރގައިވާ ސްޕެސިފިކޭޝަނާއި އެއްގޮތް މުދާތޯ ޔަގީންކުރުން.
  15. ދިގުމުއްދަތަށް ދެމިގެންދާ އެގްރީމެންޓްތަކުގެ ދަށުން ކުރާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި މިފަދަ މަސައްކަތްތައް ކުރުމަށް އެގްރީމެންޓްކުރެވޭ ފަރާތްތަކުން މަސައްކަތްތައް އެގްރީމެންޓާއި އެއްގޮތަށް ނުކުރާނަމަ އިދާރީ ވެރިއެއްގެ ސަމާލުކަމަށް ގެނެސް އެފަރާތްތަކާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  16. އައިޓީއާއި ގުޅޭ ހުރިހާ މުދަލެއް ހޯދުމުގައިވެސް އައިޓީ އޮފިސަރުންގެ އެޕްރޫވް ހޯދުމަށް ފަހު އިދާރީ ވެރިޔާގެ ލަފައާއެކު ޕްރޮސެސްކުރުން.
  17. އޮފީހުގެ މުދަލުގެ ތެރެއިން ބާވެގެން ނުވަތަ ހަލާކުވެގެން އަދި އެނޫންވެސް ސަބަބަކާހެދި ނީލަން ކިޔަންޖެހޭ ކަމަށް ފެންނަތަކެތި ނީލަން ކިއުމުގެ މަސައްކަތްކުރުން.
  18. އޮފީސް ޢިމާރާތުގެ އިންފްރާންސްޓްރަކްޗަރއަށް ދިމާވާ މައްސަލަތައް ޢިމާރާތް ކުއްޔައް ދިނުމުގެ އެގްރީމެންޓާއި އެއްގޮތަށް މަރާމާތުކުރުމުގެ ކަންތައްތައް ކުރުން.
  19. އޮފީހުގެ ފަރނިޗަރ، ފިކްސްޗަރ އަދި އެނޫން ތަކެއްޗަށްލިބޭ ގެއްލުން ބަލާ އެގެއްލުމަކީ މުވައްޒަފެއްގެ އިހުމާލުން ދިމާވިކަމެއްނަމަ އެކަން ބެލުމަށް އިދާރީގޮތުން އަންގަންޖެހޭ ފަރާތްތަކަށް އެނގުމާއި އެފަދަ ތަކެތި މަރާމާތުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  20. އޮފީސް ފޮޅާ ސާފުކުރުމުގެ މަސައްކަތްތައް އެގްރީމެންޓްގައިވާ ގޮތަށް ކުރިއަށް ދޭތޯބެލުމާއި އޭގެ އިތުރުންވެސް އޮފީހުގެ ހުރިހާ ތަންތަން ސާފުކޮށް ބެހެއްޓުމަށް މަސައްކަތްކުރުން.
  21. އޮފީހުގެ ދޮރުފޮތިތަކައި، ސޯފާގެ ފޮތިތައް އަހަރަކު އެއްފަހަރު ލޯންޑްރީއަކަށް ފޮނުވައިގެން ދޮވުން.
  22. މެމްބަރުންގެ ކޮޓަރިތައް ކޮންމެ ދުވަހަކު ސާފުކުރޭތޯ ބެލުމާއި މެމްބަރުންނަށް އަދި މުވައްޒަފުންނަށް ބޭނުންވާ ފެން ހުސްނުކޮށް ލިބޭނެގޮތް ހަމަޖެއްސުން.
  23. ޓްރައިބިއުނަލުން ކުރަންޖެހޭ ދަތުރުތައް އެރޭންޖްކުރުމާއި ލޮޖިސްޓިކްސް ހަމަޖެއްސުން.
  24. ރިސެޕްޝަންގައި ކުރަންޖެހޭ މަސައްކަތް ކުރުން.
  25. ފައިނޭންސް އޮފިސަރގެ ހިދުމަތް ނުލިބޭ ޙާލަތްތަކުގައި ފައިނޭންސް އޮފިސަރގެ މަސައްކަތް ކުރުން.
  26. އިދާރިގޮތުން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުތު: 1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން، ނުވަތަ

2. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 5 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، މަސައްކަތުގެ  ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން:

    • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
    • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
    • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

ނޯޓް: މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުތުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

މަސައްކަތްކުރަންޖެހޭތަން: މިމަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.     

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 10 މެއި 2021 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އަދި  އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން.
  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
  • މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

ނޯޓް: އިޢުލާން ނަންބަރު 200-VTR/IU/2021/12 (22 އޭޕްރީލް 2021) އާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅުއްވާފައި ފަރާތްތަކުން މި ވަޒީފާއަށް އެދި އަލުން ފޯމް ހުށައަޅަން ނުޖެހެނޭއެވެ.

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލުގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.   

02 މޭ 2021
ހޯދާ