ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާ 2021

29 އޭޕްރިލް 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި ޒޫމް މެދުވެރިކޮށް ބޭއްވުމަށް ކަނޑައެޅުނު މިއެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ބޭނުންވާ ފަރުދީ މެމްބަރުންގެ ކޯރަމް ހިންގާ ޤަވާޢިދުގެ 33(ތިރީސް ތިނެއް) ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ހަމަނުވުމާއި ގުޅިގެން ވަނީ ލަސްކުރެވިފައެވެ.

29 އޭޕްރީލް 2021 ވަނަ ދުވަހުގެ ރޭ ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2021 ވަނަ އަހަރުގެ 1 ވަނަ ކުއްލި ބައްދަލުވުމުގައި ހިންގާ ޤަވާޢިދުގެ 33(ތިރީސް ތިނެއް) ވަނަ މާއްދާގެ (ބ) ގައި ވާގޮތުގެ މަތިން، އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް 30 އޭޕްރިލް 2021 ވާ ހުކުރު ދުވަހުގެ ރޭ 21:00 ގައި، ވަރޓުއަލް މީޓިންގ ޒޫމް މެދުވެރިކޮށް ބޭއްވުމަށް ކަނޑައަޅާފައިވާކަން އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

ޝަރުތު ހަމަވާ އެންމެހާ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވުމަށް ޒޫމް މީޓިންގ ލިންކް އީމެއިލް މެދުވެރިކޮށް ހިއްޞާކުރާނެކަން ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަންގެ ނަންބަރު 3314057 ފޯނަށް، ހެނދުނު 9:00 އާއި މެންދުރު ފަހު 13:00 އާ ދެމެދު ގުޅުންވުން އެދެމެވެ.

29 އޭޕްރިލް 2021
ހޯދާ