މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ކުޅުދޫ އަވަށުން އަލަށް ދޫކުރި ގެވަޅުތަކާއި ގުޅޭ- 2 ވަނަ ގުރުޢަތަށް ހުޅުވާލުން

ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށުން އަލަށް ދޫކޮށްފައިވާ ގެވަޅުތަކުން ބައެއް ހިސާބުތަކުގައި މައްސަލަ ހުރުމާއެކު އަދި ރައްޔިތުންގެ ކަންބޮޑުވުން ހިމެނޭ ކަންކަން ޙައްލުކުރުމަށްފަހު ގެވަޅު ދޭ ސަރަހައްދީ ޗާޓަށް ގެނެވުނު ބަދަލުތައް މިހާރު ވާނީ ރައްޔިތުންނަށް ޙިއްސާކޮށް މަޝްވަރާކުރެވިފައެވެ. އަދި މައްސަލަތައް އެކުލެވޭ ގެވަޅުތައް އަލުން ގުރުޢަތަކަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން މައްސަލަތައް އުޅޭކަމަށް ފާހަގަކުރެވި އަލުން ގުރުޢަތަށް ލެވިފައިވާ ގެވަޅު ނަންބަރުތަކަކީ:

ކުޅުދޫ އަވަށް:

3

4

7

8

11

12

33

34

35

36

37

38

39

40

49

50

51

52

53

54

65

66

67

68

 

ކެނދިކޮޅު އަވަށް:

107

މަތީގައި ދެންނެވިފައިވާ ނަންބަރުތަކަކީ ކުރިއަށް އޮތް ކުޅުދޫ އަވަށުގެ ގުރުޢަތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވާ ނަންބަރުތަކެވެ. މީގެ އިތުރުންވެސް މިގުރުއަތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. އަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުގައި ކޮންމެހެން ބައިވެރިކުރަންޖެހޭ ނަންބަރުތައް ފިޔަވާ އިތުރު ނަންބަރުތައް ބައިވެރިކުރުވާނީ ކައުންސިލްގައި ނަންނޯޓްކުރުމުންނެވެ. ނުވަތަ ފޯމް ފުރުމުންނެވެ. ވީމާ ރައްޔިތުންގެ ބައްދަލުވުމުގައި އެދުނު ފަދައިން މިއަދު (29 އޭޕްރީލް 2021) އުން ފެށިގެން 5 މެއި 2021 ވާ ބުދަ ދުވަހުގެ 13:00 އާއި ހަމައަށް ގުރުޢަތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލަށް ވަޑައިގެން ނަންނޯޓްކުރުމަށް ދަންނަވަމެވެ. އަދި އޮންލައިންކޮށް ނަންނޯޓް ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިމިވާ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް މަޢުލޫމާތު ފުރިހަމަކުރުމަށް ދަންނަވަމެވެ.

ގޫގުލް ފޯމް ލިންކް: https://forms.gle/btM4NFLmacpcosrq8

މިއިޢުލާނާއެކު ބަދަލުތައް ގެނެވި އިޞްލާޙްކުރެވުނު ކުޅުދޫ އަވަށުގެ ޗާޓް އެއްކަރުދާސްކުރަމެވެ. ގުރުޢަތުލުން ބާއްވާނެ ތާރީޚް ފަހުން އިޢުލާންކުރާނެ ކަމުގައި ދަންނަވަމެވެ.

             ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.     

17   ރަމަޟާން   1442

29   އޭޕްރީލް    2021  

29 އޭޕްރިލް 2021
ހޯދާ