ދިވެހިރާއްޖެ
އެންސީ.އޭ އިން އަންގާގޮތެއްގެ މަތިން މިސެންޓަރުގެ ވެބްސައިޓް އަދި އާޓިސްޓް ޑައިރެކްޓްރީއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް މިސެންޓަރުން ކޮށްފައިވާ ނަންބަރު: (IUL)177/1/2021/8 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކަކީ ޝަރުޠު ފުރިހަމަވާ ބީލަންތަކަކަށް ނުވާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ދެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަސައްކަތް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން) |
ބުދަ |
05 މެއި 2021 |
11:00 |
އެސްޓިމޭޓް ހުށަހެޅުން |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން) |
އާދިއްތަ |
16 މެއި 2021 |
11:00 |
ނޯޓް: އެސްޓިމޭޓް ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.