ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިރިމަރަދޫ ފުޓްބޯޅަ ދަނޑުގައި ވިނަ ހައްދައި ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މިރަށު ފުޓްބޯޅަ ދަނޑުގައި ވިނަހައްދައި ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއިއެއްގޮތަށް މިިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 މެއި 2021 ވާ ބުދަދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 މެއި 2021 ވާ އާދީއްތަދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ގެންނަންވާނެއެވެ. ވިޔަފާރި/ އިންވެސްޓްމަންޓް ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްގެ ބަދަލުގައި އެއްވެސްފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނަމަ ކުންފުނި/ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި، ކުންފުނި/ އިންވެސްޓްމަންޓްގެ ރަސްމީ ލިޔުމެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މިއިދާރާގެ ނަންބަރ: 6520047 ނަންބަރު ފޯނާއި ގުޅުއްވުމުން ސާފުކޮށްދެވޭނެއެވެ. 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    

29 އޭޕްރިލް 2021
ހޯދާ