މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)" ކޮމިޔުނިޓީ ކޯ-މެނޭޖްމަންޓް ސްޕެޝަލިސްޓް އެއް ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކުރިޔަށް ގެންދާ ”އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑް (އެންދެރި)" މަޝްރޫއު ގެ ދަށުން ކޮމިޔުނިޓީ ކޯ-މެނޭޖްމަންޓް ސްޕެޝަލިސްޓްގެ މަގާމަށް ކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަގާމަށް ހޮވޭފަރާތް މަސައްކަތްކުރައްވާނީ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖަރގެ އިރުޝާދުގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓުގައި ގާއިމުކުރެވިފައިވާ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައެވެ.

މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީގެ ހާޑްކޮޕީ  09 މެއި 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެސް އަށް ފޮނުއްވުން އެދެމެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންތައްކަމުގައި ދަންނަވަމެވެ.

އެޕްލިކޭޝަން ޓައިޓަލް: ”އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)"މަޝްރޫޢަށް ކޮމިޔުނިޓީ ކޯ-މެނޭޖްމަންޓް ސްޕެޝަލިސްޓް އެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018372

ވެބްސައިޓް: www.environment.gov.mv

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ.

28 އޭޕްރިލް 2021
ހޯދާ