މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ ގެ މަގާމަށް މުވައްޒަފެއް ހޯދުމާއި ބެހޭ

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-317843

ބޭނުންވާ އަދަދު:

1 ( އެކެއް )

މަޤާމުގެ ގިންތި:

ވަގުތީ  ( 14 ނޮވެމްބަރ 2021 ވަނަ ދުވަހާއި ހަމައަށް )

މަޤާމުގެ ރޭންކު:

ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ / މުނިސިޕަލް ސަރވިސް ޔުނިޓް

މުސާރަ:

4،465.00ރ ( ހަތަރުހާސް ހަތަރު ސަތޭކަ ފަންސަހައްޓި ރުފިޔާ )

ސަރވިސް އެލަވަންސް:

1500.00ރ ( ފަނަރަ ސަތޭކަ ރުފިޔާ )  

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ޓެކްނިކަލް ކޯ އެލަވަންސް : އަސާސީ މުސާރައިގެ %28 ( އަށާވީސް އިންސައްތަ ) . މި އެލަވަންސް ދެވޭނީ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ. ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިން ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700.00ރ ( ހަތްސަތޭކަ ރުފިޔާ ) ދެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

01. ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ، އެ އަހަރެއްގެ ފުރަތަމަ 6 ( ހައެއް ) މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތުގެ ތަފުސީލް ރިޕޯޓް ، ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ، ފާއިތުވި އަހަރު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފުސީލް ރިޕޯޓް ، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ރަށު ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ، ކުރިޔަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ފޮނުވަންޖެހޭ މިނިސްޓްރީ/އޮފީސްތަކަސް ފޮނުވުމާއި އެތަކެތި ފަސޭހައިން ފެންނާނެ ގޮތަށް ރައްކާކުރުން . މި ކަންކަމުގައި ފުރިހަމައަށް ޒިންމާ އުފުލުން

02. ކައުންސިލްގެ އިދާރާއަށް އާމްދަނީ އިތުރުކުރުމަށްޓަކައި ، ލިބިފައިވާ ވަޞީލަތްތައް އެންމެ ފައިދާކުރާގޮތަށް މެނޭޖްކުރުމާއެކު ކައުންސިލަށް އާމްދަނީ އިތުރުކުރެވޭފަދަ މަސައްކަތްތައް ކައުންސިލްގެ މަޝްވަރާގެމަތިން ރާވާހިންގުން

 

03. ކައުންސިލުން ނިއްމާގޮތުގެ މަތީން ، ވިޔަފާރި އުސޫލުން ދޫކުރާ ބިންތަށް ޕްލޭންގައި ހިމެނުމާއި ، އެ އަހަރު ދޫކުރުމަށް ކައުންސިލުން ނިއްމާފައިވާ ބިންތަކުގެ ބަޖެޓް ހަދައި މިނިސްޓްރީ އޮފް ހައުސިންގް އަށް ފޮނުވުމާއި ، މިނިސްޓްރީން ހުއްދަ ދޭ ބިންތައް ދޫކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ، ދޫކުރުމަށް ނިއްމާ ބިންތައް ކައުންސިލްގެ މަޝްވަރާގެ މަތީން އެގްރީމެންޓް ތައްޔާރުކޮށް ސޮއިކޮށް ބިންތައް ދޫކުރުމާއި ، ދޫކުރެވޭ ބިންތަކުގައި ކުރެވެނީ އެގްރީމެންޓް އިން ހުއްދަކޮއްފައިވާ މަސައްކަތްތައް ކަން ޔަގީންކުރުމަށް ކޮންމެ މަހަކު ޗެކްކުރުމާއި ، މި މަސައްކަތްތަކުގައި ފުރިހަމައަށް ޒިންމާވުން

04. ރަށުގައިހުރި އިމްޕޯޓް މުދާ ވިއްކާ ފިހާރަތަކުގައި ވިއްކާތަކެތިހުންނަނީ ގަވާއިދާ އެއްގޮތަށް އަގުޖަހާފާތޯ ބެލުމާއި ދައުލަތުން އަގުކޮށް ކޮންޓްރޯލްކޮށްފައިވާ ތަކެތި ވިއްކަނީ ރަށުގައި އެތަކެތި ވިއްކަންޖެހޭ އަގަށްތޯބަލާ ކަށަވަރުކުރުމާއި ގަވާއިދާ ހިލާފަށް ކަންކަންކުރިނަމަ އެކަމެއް ގަވާއިދާ އެއްގޮތަށް ރަގަޅު ކުރުމަށް އެންގުމާއި ކަމާބެހޭ މައުލޫމާތު ކައުންސިލާހިއްސާކުރުން މިމަސައްކަތްތައް 3 މަހުން އެއްމަހު ކުރަމުންގެންދިއުން މިކަމަށް ފުރިހަމައަށް ޒިއްމާވުން

05. ކައުންސިލް އިދާރާއަށް ލިބިފައިވާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތްތައް ބަލާ ދެނެގަނެ ،ބިޒްނަސް ޕްލޭން ކޮއްމެ އަހަރަކުވެސް އެކުލަވާލުމާއި، ކައުންސިލްގެ ބަޖެޓް ހެދުމުގެ ކުރިން މަސައްކަތްތައް ކޮށް ނިއްމާ ކައުންސިލްގެ ބަޖެޓް ހަދާ މުވައްޒަފަށް ކަމާއި ބެހޭ ލިޔުންތައް ހަވާލުކުރުން މިކަމުގައި ފުރިހަމައަށް ޒިންމާވުން

06. ކައުންސިލް އިދާރާއަށް ލިބޭ އާމްދަނީ އާއި ، ނުލިބިހުންނަ އާމްދަނީ ބަލާ ހިސާބުކޮށް ލިބެންޖެހޭ އާމްދަނީ ހޯދުމަށް ޙަރަކާތްތައް ރާވާއި، ހިންގުމާއިއެކު ދިމާވާ މައްސަލަތައް ކައުންސިލާ ހިއްސާކުރުމާއެކު ފައިސާލިބެންދެން ފައިސާހޯދަން ކުރަންޖެހޭ މަސައްކަތްތައް ކުރުން މިކަމުގައި ފުރިހަމައަށް ޒިއްމާވުން.

07. ކައުންސިލް އިން ކުރާ ޚަރަދުތަކާއި ވަޞީލަތްތައް ބެނުންކުރަމުންދަނީ ހަމަޖެފައިވާ އުސޫލާ އެއްގޮތަށްތޯ ބަލާ ކަށަވަރުކޮށް އިސްލާހުކުރަންޖެހޭ ކަންކަން ހުރިނަމަ އެކަންކަން ވެރިންނަށް ހުށަހެޅުމާއި ކައުންސިލްގެ މަޝްވަރާގެ މަތިން ކަންކަން ރަގަޅުކުރުމަށް މަސައްކަތްކޮށް ރަގަޅުކުރުން

08. ކައުންސިލްގެ އިދާރާއަށް އާމްދަނީ އިތުރުކުރުމަށްޓަކައި، ބޭނުންވާ ވަޞީލަތްތައް ހޯދުމަށް ކައުންސިލް އިން ނިއްމާފައިވާ ނިއްމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކައުންސިލުން ނިއްމާގޮތަށް އެކަން ކަންރާވާހިންގުން  މިކަމުގައި ފުރިހަމައަށް ޒިއްމާވުން

09. ރަށުގެ އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި ކަމާގުޅޭގޮތުން ހިންގަންޖެހޭ ހަރަކާތްތައް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ އެއްބާރުލުން ހޯދައިގެން ކުރިއަށް ގެންދިޔުން.

10. ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް، ބޭނުންވާ ކަންކަން ތަރައްޤީޕްލޭން ތަކުގައާއި، އަހަރީ މަސައްކަތުތާވަލުގައި ހިމެނުމަށްޓަކައި ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް ، ކަމާބެހޭ މުވައްޒަފުންނަށް ވަގުތު ފާއިތުވުމުގެ ކުރިން ފޯރުކޮށްދިނުން މިކަމުގައި ފުރިހަމައަށް ޒިއްމާވުން.

11. ސަރުކާރުންނާއި ، އެހެނިހެން ފަރާތްތަކުން ރަށުފެންވަރުގައި ހިންގާ އިޤްތިޞާދީ ޙަރަކާތްތައް ވިލަރެސްކޮށް އެހީތެރިކަން ފޯރުކޮށް ދިނުމާއެކު ކަމާގުޅޭ މައުލޫމާތު ކައުންސިލާ ހިއްސާކުރުން.

12. ކައުންސިލު އިން ބާއްވާ އެންމެހާ ބައްދަލުވުންތަކުގެ ( އާންމު ބައްދަލުވުންތަކާއި / ކުއްލި ބައްދަލުވުންތަކާއި / ރައްޔިތުންނާއި ބައްދަލުކުރުން ) ޔައުމިއްޔާ ލިޔެ ކައުންސިލަށް ހުށަހެޅުމާއި ޔައުމިއްޔާތަށް ގަވައިދުން ފޮނުވަންޖެހޭ މުއައްސަސާތަކަށް ފޮނުވުމާއި ، ފައިލްކުރުން ، މި ކަމުގައި ފުރިހަމައަށް ޒިންމާވުމާއި ، ކައުންސިލްގެ އެންމެހާ ބައްދަލުވުންތަކެއްގެ ނިންމުން (އާންމު ބައްދަލުވުންތަކާއި / ކުއްލި ބައްދަލުވުންތަކާއި / ރައްޔިތުންނާއި ބައްދަލުކުރުން ) ލިޔެ ކައުންސިލަށް ހުށަހެޅުމާއި ނިންމުންތަށް ގަވައިދުން ނޯޓިސް ބޯޑަށް ނެރުމާއި ، ފައިލްކުރުން ، މި ކަމުގައި ފުރިހަމައަށް ޒިންމާވުން

13. އޮފީހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

14. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުން ދީ ، އެ ފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަ އާއި އިރުޝާދުގެ މަތިން ކުރުން

15. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއި ގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން

މަޤާމުގެ ޝަރުޠުތައް:

1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެތް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް :

1. އެޑްމިނިސްޓްރޭޝަން 2. މެނޭޖްމެންޓް  

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް :

1. ބިޒްނަސް އެޑްމިނިސްޓްރޭޝަން

2. ބިޒްނަސް މެނޭޖްމަންޓް

3.އިކޮނޮމިކްސް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ( ތައުލީމާއި ތަމުރީނު ) ލިބިފައިވާ ތަޢުލީމު %35
  • ( ތައުލީމާއި ތަމުރީނު ) މަސައްކަތު ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ތަމުރީނު %5
  • ( އިމްތިޙާން ) ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން %5
  • ( މަސައްކަތު ތަޖުރިބާ ) މަގާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ
  • ( ލިބިފައިވާ ހުނަރު ) އިންޓަރވިއު %45

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09.05.2021 ގެ 14:00 ގެ ކުރިން، މ.މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު / އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނީ، 10.05.2021 އިން  20.05.2021  އާއި ދެމެދު، މ.މަޑުއްވަރީ ކައުންސިލްގެ އިދާރާ ނުވަތަ އިންޓަރވިއު/އިމްތިޙާން/ޕްރެޒެންޓޭޝަން ބޭއްވުމުގެ 24 ގަޑިއިރު ކުރިން ލިޔުމުން ފޮނުވާ ދަޢުވަތުގައި ބަޔާންކުރާ ތަނެއްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ފޭސްބުކްޕޭޖް ވައިބަރ ކޮމިއުނިޓީގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720039 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

16 ރަމަޟާން 1442

28 އޭޕްރީލް 2021

 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

28 އޭޕްރިލް 2021
ހޯދާ