މަޤާމު:
|
ސީނިއަރ ލެބޯޓްރީ ޓެކްނީޝަން
|
ބޭނުންވާ އަދަދު:
|
1
|
ގްރޭޑް:
|
5
|
ސްޕައިން ޕޮއިންޓް:
|
27
|
އޮފީސް:
|
ފެކަލްޓީ އޮފް ހެލްތް ސައިންސަސް
|
މަޤާމުގެ މުސާރަ:
|
މަހަކު 7,835.52 ރ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,358.08 ރ
|
ޢިނާޔަޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- ސެޓިފިކެޓް ލެވެލް 7/8 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސެޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސެޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ލެކްޗަރަރ އިން ދެއްވާ އިރުޝާދާ އެއްގޮތްވާގޮތުގެ މަތީން ފެކަލްޓީ އޮފް ހެލްތް ސައިންސަސް ގެ ފިޒިއޯތެރަޕީ އަދި ޕްރޮސީޖަރ ލެބޯޓްރީގެ މަސައްކަތްތައް ކުރުން.
- ފެކަލްޓީ އޮފް ހެލްތް ސައިންސަސް ގެ ފިޒިއޯތެރަޕީ އަދި ޕްރޮސީޖަރ ލެބޯޓްރީގެ މާހައުލާއި ތަނުގެ ރައްކާތެރިކަން ބެލެހެއްޓުމާއި ލެބޯޓްރީގައި ހިންގާ ކްލާސްތަކަށް ބޭނުންވާ ޢަމަލީ އަދި އިދާރީ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށް ދިނުން.
- ފިޒިއޯތެރަޕީ އަދި ޕްރޮސީޖަރ ލެބޯޓްރީގެ ސްޓޮކް އަދި އިންވެންޓްރީ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން ބެލެހެއްޓުމާއި ލެބޯޓްރީގެ އިންވެންޓްރީގައި ހިމެނޭ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ފެކަލްޓީގެ މީޓިންގްތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި މީޓިންގްތަކަށް ޙާޒިރުވުމާއި މިފަދަ މީޓިންގްތަކުގައި ނިންމޭ ކަންތައްތައް ނިންމުމަށް ކަނޑައެޅޭ ތާރީޚަށް ނިންމުން.
- ކޯސްތަކަށް ކިޔަވައި ދެއްވުމަށް ވަޑައިގަންނަވާ ޕާޓްޓައިމް / ފުލްޓައިމް ލެކްޗަރަރ އިން ކިޔަވައިދިނުމަށް ބޭނުންވާ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށް ދެއްވަންޖެހޭ ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދެއްވުން.
- ފެކަލްޓީގެ ލިޔެކިޔުންތައް ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ފައިލްކޮށް ރަނގަޅަށް ބެލެހެއްޓުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން ފެކަލްޓީގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައް ކުރުން.
- ކޮންމެ އަހަރަކު ލެބުތަކަށް ހޯދަންޖެހޭ މެޑިކަލް ކޮންސިއުމަބަލްސްގެ ލިސްޓު ހަދާ އެތަކެތި ގަތުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2021 މޭ 05 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
http://bit.do/MNUJobs-FHS-2021-60
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://bit.do/MNU-JobApplicationForm
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްޢޫލިއްޔަތާއި، ވަޒީފާ އަދާކުރަން ފެއްޓެވި ތާރީޚް އަދި އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.
|