މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު އިމްޕޯޓުކުރާ ފަރާތްތަކުގެ ސަމާލުކަމަށް

ޤާނޫނު ނަންބަރު: 2019/21 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު: 2021/R-12 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދު) ވަނީ 27 ޖަނަވަރީ 2021 ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައެވެ.

މިގޮތުން، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދުގެ ދަށުން ހެދޭ މިންގަނޑުތަކާއި އެހެނިހެން ލިސްޓްތައް، މި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާނެއެވެ.

މި ލިޔެކިޔުންތަކުގެ ލިސްޓް ތިރީގައި މިވަނީއެވެ.

  1. ގަވައިދުގެ 15 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރެވޭ ބަނދަރުތަކުގެ ލިސްޓް
  2. ގަވައިދުގެ 83 ވަނަ މާއްދާގެ ދަށުން، ޕެސްޓިސައިޑް ބަލައިފާސްކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާޢަތްތަކުގެ މިންގަނޑުތައް
  3. ގަވައިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ހެދިފައިވާ ޕެސްޓިސައިޑާ ގުޅޭ މުޢާމަލާތް ކުރުމުގެ މިންގަނޑުތައް.

މިހެންކަމުން، މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

27 އޭޕްރިލް 2021
ހޯދާ