މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އިންޕޯޓުކޮށް ވިއްކާ ކުކުޅު ބިހާއިގުޅޭ

އިޢުލާން

ދިވެހިރާއްޖެއަށް އިންޕޯޓުކޮށް ވިއްކާ ކުކުޅު ބިހާއިގުޅޭ

               މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިޢުލާން ނަންބަރު IUL/182-FCD/2018/01 ގައި ބަޔާންކޮށްފައިވާ  ދިވެހިރާއްޖެއަށް ކުކުޅުބިސް އިންޕޯޓުކޮށް ވިއްކަން ބެހެއްޓޭނެ މިންގަނޑުތަކާއި ގުޅޭ ގޮތުން ދަންނަވަމެވެ. 

               މުއްދަތު އިތުރުކުރުމަށް ޚާއްސަ ޓްރީޓްމަންޓްއެއް ނުދީ ފިނިނުކޮށް ކުކުޅުބިސް ބަހައްޓަންވާނީ އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތަށެވެ. އަދި ޓްރީޓްމަންޓްއެއް ނުދީ ފިނިކޮށް (5°C އަށްވުރެ ދަށުގައި) ބަހައްޓަންވާނީ އުފެއްދި ތާރީޚުން ފެށިގެން އެންމެ ދިގުވެގެން 03 މަސްދުވަހުގެ މުއްދަތަށެވެ. މިގޮތަށް އިންޕޯޓްކޮށް ވިއްކާ ކުކުޅުބިސް އިންޕޯޓްކޮށް ވިއްކުމުގެ ހުރިހާ މަރުހަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަންވާނެއެވެ.

               އަދި، ދަންނަވަމެވެ. ބިހުގެ މުއްދަތު ހަމަވާ ތާރީޚް 03  މަސް ދުވަހަށްވުރެ އިތުރުވާނަމަ މުއްދަތު އިތުރު ކުރުމަށްޓަކައި ދީފައިވާ ޓްރީޓްމަންޓް ބަޔާންކޮށް އުފެއްދި ފަރާތުން (މެނުފެކްޗަރާރ) ނުވަތަ އުފެއްދި ޤައުމު (ކަންޓްރީ އޮފް އޮރިޖިން)ގެ ކޮންޕިޓެންޓް އޮތޯރިޓީގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

               މީގެއިތުރުން، ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާކަމެކެވެ.  އަދި، ރާއްޖެއަށް އިންޕޯޓުކުރާ ބިހާއިބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކްޓްގެ އޮރިޖިނަލް ހުށަހެޅުމުން ކަމުގައި ވެސް ދަންނަވަމެވެ. ހެލްތު ސެޓްފިކެޓްގައި މުދާ އުފެއްދި ޤައުމު (ކަންޓްރީ އޮފް އޮރިޖިން) ބަޔާންކޮށްފައި ނެތްނަމަ ސެޓްފިކެޓް އޮފް އޮރިޖިން ހުށަހަޅަންވާނެއެވެ.އެއްވެސް ސަބަބަކާއި ހުރެ ސެޓްފިކެޓްގެ އޮރިޖިނަލް ވަގުތަށް ހުށަނޭޅިއްޖެ ހާލަތެއްގައި އެ ސެޓްފިކެޓެއް ދޫކުރި އޮތޯރިޓީން މި އޮތޯރިޓީއަށް މެއިލް މެދުވެރިކޮށް ހުށަހެޅުމުން ގަބޫލުކުރެވޭނެ ކަމުގައި ދަންނަވަމެވެ. އަދި ރާއްޖެއަށް އެތެރެކޮށް ވިއްކާ ބިހާއިބިހުގެ  ބާވަތްތައް  ހުންނަންވާނީ މި އޮތޯރިޓީގެ މިންގަޑު " ބަންދުކުރި  ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ  މިންގަޑު( “MFDA-FCD STAN 4-2014(Rev. 1-2016އާއި އެއްގޮތަށް ލޭބަލް ކުރެވިފައެވެ. އަދި ފިހާރަތަކުގައި ވިއްކަން ހުންނަންވާނީ މުއްދަތު ހަމަވާ ތާރީޚް ގަންނަ ފަރާތަށް އެނގޭނެގޮތަކަށް ކަމުގައި ވެސް އާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

               އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ނަމަ މި އޮތޯރިޓީގެ ނަންބަރު 3014361 އަދި އޮފީސް ބަންދު ގަޑީގައި ނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

27 އޭޕްރިލް 2021
ހޯދާ