ނ. ހޮޅުދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ނ. ހޮޅުދޫ ޞިއްޙީ މަރުކަޒަށް އެޑެންޓެއްގެ މަޤާމަށް މީހަކު ހޯދުން

ނ. ހޮޅުދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަގާމު

އެޓެންޑެންޓް

މަޤާމްގެ ނަންބަރު:

J-254840

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ. ހޮޅުދޫ ސިއްޙީމަރުކަޒު

މުސާރަ:

-/3470 ރުފިޔާ

ސަރވިސްއެލަވަންސް

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/1200 ރުފިޔާ.
  2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް

  1. ޞިއްހީމަރުކަޒްގެ ސްޓްރެޓެޖިކް ޕްލޭންގައި ކަންތައްތައް ޙާސިލްކުރުމަށްޓަކައި އެމުވައްޒަފެއްގެ ދާއިރާއިން އިޚްލާސްތެރިކަމާއި ހިތްވަރާއެކު މަސައްކަތްކުރުން.
  2. ޞިއްހީމަރުކަޒަށް ޚިދުމަތް ހޯދުމަށް އަންނަ ބަލިމީހުންނަށް އެހީތެރިވުން.
  3. ބަލިމީހުންނަށް އެހީތެރިވެދިނުމަށް ނަރުހުން އެދިއްޖެނަމަ އެހީތެރިވުން.
  4. އޮޓޯކްލޭވް ކުރުމާއިބެހޭ މަސައްކަތުގައާއި، ނަރުހުން ޞިއްހީމަރުކަޒްގައި ކުރާ ކޮންމެ މަސައްކަތެއްގައިވެސް އެދިއްޖެނަމަ އެހީތެރިވުން.
  5. ކޮންމެ ޑިއުޓީއަކު މަދުވެގެން އެއްފަހަރު ބަލިމީހުން ބޭނުން ކުރާ ހުރިހާ އެނދު ތަކެއް ފޮޅާ ސާފް ކުރުން
  6. ޞިއްހީމަރުކަޒުން ސާފުކޮށް ބެލެހެއްޓުމަށް އަންގަވާފައިވާ ތަންތަނުގެ މަސައްކަތް ފަރުވާތެރިކަމާއެކު ކުރުން، މިގޮތުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކޮންމެ ޑިއުޓީއަކު ދެފަހަރު މިދަންނަވާ ތަންތައް ކުނިކަހާ، ޑިއުޓީއަކު މަދުވެގެން އެއްފަހަރު  މޮޕްލާ ފޮޅާ ސާފްކުރުމާއި  އަދި  މި ދަންނަވާ ތަންތަނާއި އިންވެގެން ހުރި ދޮރާއި ކުޑަދޮރުތަކާއި ލައިޓް ފަންކާ އެއާރކަންޑިޝަން  ގޮނޑި ފަދަ ތަކެތި ކޮންމެ ޑިއުޓީއަކު އެއްފަހަރު ފޮޅާ ސާފްކުރުން

- ރިސެޕްޝަން/އޯޕީޑީ އޭރިޔާ

- ވޯޑްތަކާއި އެންމެހާ ފާހާނާތައް

- ކޮންސަލްޓޭޝަން ރޫމް / ފާޚާނާ

- ޑްރެސިން ރޫމް / އަވަސްފަރުވާދޭ ކޮޓަރި

- ނާރސް ސްޓޭޝަން / ފާޚާނާ

- ލެބޯރެޓަރީ / ފާޚާނާ

7. ކަނޑައެޅިފައިވާ އުސޫލުގެ މަތިން މިދަންނަވާ ތަންތަނުގެ ބެޑްޝީޓް  ކޮންމެ ދުވަހަކު އެއްފަހަރު (ހެނދުނު) ބަދަލުކޮށް، ފޮޅާ ސާފުކުރުން:

- ބަލިމީހުން ބަލާކޮޓަރި

- ބޭސްއަޅާ ކޮޓަރި / އަވަސްފަރުވާދޭ ކޮޓަރި

- ވޯޑް

8.  ބަލިމީހަކު ޑިސްޗާރޖް ކުރުމުން، ބެޑްޝީޓް ނަގައި،އެނދު،ކަބަޑު،އައި.ވީ ސްޓޭންޑް އަދި މިނޫންވެސް ތަކެތި ބަލިމީހާއަށް ބޭނުން ކޮށްފައިވާނަމަ އެތަކެތި ދޮވެސާފުކުރުން.

9. ޑިއުޓީގައި ކުރާ ޑްރެސިން ތަކުގައި ހަޑިވާ ތަކެތި ޑިއުޓީގަޑި ނިމުމުގެކުރިން ދޮވެ ސާފުކުރުން.

10. ވޯޑުގައި ބަލިމީހުންނަށް ޚާއްސަކޮށް އެނދުތަކުގައި ބެޑްޝީޓް އަޅާ އަބަދުވެސް ވޯޑުގައި ޚިދުމަތަށް ދަތިނުވާ މިންވަރަށް އެނދު ތައްޔާރުކޮށްފައި ބެހެއްޓުން.

11. ޞިއްހީމަރުކަޒްގެ ކަނޑައެޅިފައިވާ ތަންތަނުގެ އިމާރާތާއި ފަރުނީޗަރ އަދި ހިފާގެންގުޅޭ ތަކެއްޗާއި އިކްއިޕްމަންޓްސް ވީހާވެސް ސާފުތާހިރު ކަމާއެކު ބެލެހެއްޓުން.

12. ޞިއްހީމަރުކަޒްގެ ކަނޑައެޅިފައިވާ ތަންތަނުން ހަފްތާއަކު މަދުވެގެން 2 ދުވަހު ހިރަފުސް މަކުނުވާ ފޮޅާ ސާފްކުރުން. މިގޮތުން  ސީލިންގާއި އަލަމާރި ކަބަޑް އަދި ފާރުން ހިރަފުސްފޮޅާ ރީތިކުރުން

13. ދެންނެވިފައިވާ ތަންތަނުގައި  އުފެދޭ ކުނި ކޮންމެ ދުވަހަކުވެސް ޤަވާއިދުން ނައްތާލުން ކުނި ނައްތާލުމުގައި ފަރުވާތެރިކަން ބަހައްޓާ ބަލިމީހުން ބޭނުންކުރާ ތަކެތި (މިގޮތުން އިންޖެކުޝަން އައިވީ ލޭ އެކުލެވޭ ކަފަ ފަދަ ސިއްހީގޮތުން ނުރައްކާތެރިތަކެތި) ގަވާއިދުން ނައްތާލުން

14. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާ އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކާއި، އެކިއެކި އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވެ މަސައްކަތް ކުރުން.

15. ޞިއްހީމަރުކަޒްގެ ޢާއްމުއުސޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބަރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.

16. ޞިއްހީމަރުކަޒްގެ އާއްމު ސާފު ތާހިރުކަން ދެމެހެއްޓުމާއި އެހެން މުވައްޒަފުންނަށް މިކަމަށް ބާރު އެޅުން.

17. މިނިސްޓްރި އޮފް އެމްޕްލޯއީމަންޓް އެންޑް ލޭބަރގެ ވަޒީފާއާއިބެހޭ ޤާނޫނާއި ދިވެހި ސިވިލްސާރވިސްއިން މުވައްޒަފުން ޢަމަލުކުރުމަށްޓަކައި ހެދިފައިވާ އެންމެހާ ގަވާއިދުތަކާއި، ސަރކިއުލާ ތަކުގައިވާ ކަންތައްތަކަށް ހުރުމަތްތެރިކޮން ހިތުން.

18. ޞިއްޙީމަރުކަޒުގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެތި ( ތަފާތު މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ސާމާނު ) ދަބަރު ޖެހިޔަނުދީ ސާފުކޯށް ބެލެހެއްޓުމުގައި މަސައްކަތު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން

19. ޞިއްޙީމަރުކަޒަށް ޚިދުމަތް ހޯދުމަށް އަންނަ ބަލިމީހުންނާ ގުޅޭގޮތުން ޢާއްމުކުރަން ނުޖެހޭ މަޢުލޫމާތާއި ސިއްރު ހިފެހެއްޓުން

20. މީގެ އިތުރުންވެސް ޞިއްޙީމަރުކަޒުގެ އޮފީހުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން

 

މަޤާމުގެ ޝަރުތު

1-  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 2 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ، ގުރޭޑް 8 ނިންމާފައިވުން

ގުޅޭ ވަޒީފާގެދާއިރާތައް

ފޮޅާ ސާފުކުރުން

ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. ( މި ފޯމް ސިވިލްސަރވިސް ކޮމިޝަންގެ  www.csc.gov.mv ވެބްސައިޓުންނާއި ނ. ހޮޅުދޫ ސިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

  ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ،އެފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

   (ހ) މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ  ރާއްޖެއިން ބޭރުގެމަތީ ތަޢުލީމުދޭ ކަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ ސެޓުފިކެޓު ނެތް ޙާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

   (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް  ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްގެ ކޮޕީ

6. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ .

  (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާ ވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާ ގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަ ދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން )މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.(

 (ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

މަޤާމަށް އެދެންވީގޮތާއި،ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސާރވިސް ކޮމިޝަނުން އެންމެ ފަހުން އާންމު ކޮށްފައިވާ ސިވިލް ސަރވިސް ގެ ވަޒީފާއަށް އެދޭ ފޯމް)   ނ. ހޮޅުދޫ ޞިއްޙީ މަރުކަޒުން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސްގެ ވެބްސައިޓް http://www.csc.gov.mv/download/2249 އިން ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށްއެދި ހުށަހަޅުއްވާތަކެތި ހުށަހަޅުއްވާނީ 04 މެއި 2021 ވަނަ ދުވަހުގެ 13:00 ގެކުރިން ނ. ހޮޅުދޫ ޞިއްޙީ މަރުކަޒަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

 

ނޯޓް: އީ-މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާނަމަ، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީއެފް ކުރުމަށް ފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ. އަދި ހުށަ އަޅާ ފޯމަކީ  ސިވިލް ސާރވިސް ކޮމިޝަނުން އެންމެ ފަހުން އާންމު ކޮށްފައިވާ ސިވިލް ސަރވިސް ގެ ވަޒީފާއަށް އެދޭ ފޯމް ކަން ކަށަވަރުކުރުމަށް ދަންނަވަމެވެ.

 

   

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިހާން އޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިހާން އޮންނާނީ 09 މެއި 2021 އާއި 13 މެއި 2021 އާއި ދެމެދު ނ. ހޮޅުދޫ ޞިއްޙީ މަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން އެމުއްދަތުގެ ތެރޭގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް(A2 ފޯމް) އާއްމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން ނ. ހޮޅުދޫ ސިއްޙީ މަރުކަޒުގައި  އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް  ނ. ހޮޅުދޫ ޞިއްޙީ މަރުކަޒަށް ހުށައަޅަންވާނެއެވެ.

އިތުރުމަޢުލޫމާތު

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6560006، 6560008 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރމުގެ ޢުޞޫލާއިގުޅޭ" (http://www.csc.gov.mv/dc/recruitment-usoolu)   (އިން ލިބެން ހުންނާނެއެވެ.

 

27 އެޕްރީލް 2021

15 ރަމަޟާން 1442

 

27 އޭޕްރިލް 2021
ހޯދާ