އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ހއ. އުލިގަމު އަންހެނުންގެ ތަރައްޤީއަށްމަސައްކަތްކުރާ ކޮމިޓީ - އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުން.

 (IUL)38-CA/38/2021/563 :ނަންބަރު

 

އިޢުލާން

 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުން.

2021 އޭޕްރިލް 10 ވީ ހޮނިހިރު ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު  2020 ގައި، ހއ. އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ،

ގަވާއިދު: (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 40  ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މި އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

ހއ. އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ 2 ކެންޑިޑޭޓުން ތިރީގައި އެވަނީއެވެ.

ހއ. އުލިގަމު އަންހެނުންގެ ތަރައްޤީއަށްމަސައްކަތްކުރާ ކޮމިޓީ

 ކެންޑިޑޭޓް ނަންބަރު 4

އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ޝަމީމާ އަޙްމަދު، ހަވާ، ހއ. އުލިގަން؛ ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ހަވާ، ހއ. އުލިގަން

އަމިއްލަގޮތުން

 ކެންޑިޑޭޓް ނަންބަރު 5

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، މަދީޙާ އަބޫބަކުރު، ނޫރަންވިލާ، ހއ. އުލިގަން؛ ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ހ. ޝަރާޝާ (ގްރައުންޑް ފްލޯރ)، މާލެ

އަމިއްލަގޮތުން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދާއިރާތަކުގައި ވޯޓު ނެގުން އޮންނާނީ، 2021 މެއި 01 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ން ހަވީރު 16:00 އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ 2021 މެއި 04 ވާ އަންގާރަ ދުވަހުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ރަމަޟާން  1442

 

26 އޭޕްރިލް 2021
ހޯދާ