އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށްމަސައްކަތްކުރާ ކޮމިޓީ - އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓުނެގުން.

 (IUL)38-CA/38/2021/574 :ނަންބަރު

 

އިޢުލާން

 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓުނެގުން.

2021 އޭޕްރިލް 10 ވީ ހޮނިހިރު ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު  2020 ގައި، ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ،

ގަވާއިދު :(އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 40 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މި އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ 2 ކެންޑިޑޭޓުން ތިރީގައި އެވަނީއެވެ.

ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށްމަސައްކަތްކުރާ ކޮމިޓީ

 ކެންޑިޑޭޓް ނަންބަރު 3

އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، އާމިނަތު  ވަލީދާ، އިރުމަތީގެ، ލ. ކަލައިދޫ؛ ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: އިރުމަތީގެ، ލ. ކަލައިދޫ

އަމިއްލަގޮތުން

 ކެންޑިޑޭޓް ނަންބަރު 15

އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ލަޠީފާ  އިބްރާހީމް، ވެހި، ލ. ކަލައިދޫ؛ ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ވެހި، ލ. ކަލައިދޫ

އަމިއްލަގޮތުން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދާއިރާތަކުގައި ވޯޓު ނެގުން އޮންނާނީ، 2021 މެއި 01 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 16:00 އަށެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ 2021 މެއި 04 ވާ އަންގާރަ ދުވަހުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ރަމަޟާން  1442

 

26 އޭޕްރިލް 2021
ހޯދާ