މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެބްސައިޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

ވެބްސައިޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

 

 

މި ކޯޕަރޭޝަނުގެ ފަރާތުން އިންތިޒާމްކޮށްގެން ހިންގާ އިވެންޓަކަށް ވެބްސައިޓް އެއް ފަރުމާކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، މި ބާވަތުގެ މަސައްކަތްތައް ކުރައްވާ އަދި ތަޖުރިބާ ލިބިފައިވާ، އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން: 29 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި

 

އަންދާސީ ހިސާބު ހުށަހެޅުން: 05 މޭ 2021 ވާ ބުދަ ދުވަހުގެ 10:30 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި

 

ސަމާލުކަން ދެއްވުމަށް: މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހާޟިރުވާ ފަރާތްތަކަށް، ބައިވެރިވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

 

އޮފީސް އެޑްރެސް: މ. ދޫނިފުށި (8ވަނަ ފަންގިފިލާ)، އޯކިޑްމަގު، މާލެ

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނަށެވެ.

 

 

26 އޭޕްރިލް 2021މ

26 އޭޕްރިލް 2021
ހޯދާ